ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކިން ހާއްސަކޮށް، ލޭގައި ހުންނަ ހަކުރުގެ މިންވަރާއި ކޮލެސްޓްރޮލް ކޮންޓްރޯލް ކުރުމަށްޓަކައި ހިނގުމަކީ އެންމެ ފަސޭހަ އަދި އެންމެ ފައިދާހުރި އެއް ކަސްރަތެވެ. ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ދުވާލަކު އެންމެ ބައިގަޑިއިރު ހިނގައިލުމަކީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނުވައިދޭނެ ކަމެކެވެ.

ދުވާލަކު 30 މިނެޓު ހިނގުމުގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ރަނގަޅުވެއެވެ. މީގެ މާނައަކީ ހަށިގަނޑުގެ ސެލްތަކުން ލޭގައި ހުންނަ ގުލްކޯޒް ބޭނުންކުރުން އިތުރުވެ، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެގެން ދިއުމެވެ. މިއީ ހަކުރު ބަލި ނުވަތަ ޑައިބެޓީސް ހުންނަ މީހުންނަށާއި، ބަލި ޖެހުމުގެ ބިރު އޮތް މީހުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން، ހިނގުމަކީ ކޮލެސްޓްރޮލް ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. ގަވާއިދުން ކަސްރަތު ކުރުމުން ހަށިގަނޑަށް ފައިދާހުރި ކޮލެސްޓްރޮލް (އެޗްޑީއެލް) އިތުރުވެ، ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޮލް (އެލްޑީއެލް) ދަށްކޮށްދެއެވެ. މީގެ ސަބަބުން ލޭހޮޅިތައް ބެދުމުން ސަލާމަތްކޮށްދީ، ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް ބޮޑު އެހީއަކަށް ވެއެވެ.

ދަށްކޮށްދެއެވެ. މީގެ ސަބަބުން ލޭހޮޅިތައް ބެދުމުން ސަލާމަތްކޮށްދީ، ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް ބޮޑު އެހީއަކަށް ވެއެވެ. ޕްރެޝަރު ދަށްކުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. ދުވާލަކު ބައިގަޑިއިރު ބާރަށް ހިނގުމުން ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެގެން ދެއެވެ.

ސިއްހީ މާހިރުން ލަފާދެނީ ހިނގަން ފަށާއިރު އެއްފަހަރާ ގިނަ ވަގުތު ހިނގުމުގެ ބަދަލުގައި، މަޑުމަޑުން ވަގުތު އިތުރުކުރަމުން ދިއުމަށެވެ. އަދި ހިނގާއިރު އެކަށީގެންވާ ފައިވާނެއް ނުވަތަ ބޫޓެއް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި، ހިނގުމުގެ އިތުރުން ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށާއި، މާ ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި ތެޔޮ އެއްޗެހި މަދުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.

ދުވާލަކު އެންމެ 30 މިނެޓު ހިނގުމަށް ހޭދަކޮށްލުމަކީ، ހަކުރު ބައްޔާއި ކޮލެސްޓްރޮލް ފަދަ ދާއިމީ ބަލިތަކުން ސަލާމަތްވުމަށް އެޅޭ ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. މިއީ އެއްވެސް ޚަރަދަކާ ނުލައި، ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ކުރެވިދާނެ ކަމެކެވެ. އަމިއްލަ ސިއްހަތަށްޓަކައި މިއަދުން ފެށިގެން މި އާދަ އަށަގަންނުވަމާ ހިނގާށެވެ.



ކިޔުންތެރިންގެ ހިޔާލު