ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، އދ. އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:59 އެހައިކަންހާއިރުއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިޔެކެވެ.
އޭނާ ނިޔާވީ މޫދުގައި އުޅެނިކޮށް ދަތުރުކުރި ދޯންޏެއްގެ ބުރަފަތީގައި ޖެހި ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު