ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 70 ރަށެއްގައި، 70 ޑޮލަރު އޭޓީއެމް ހިމެނޭހެން ޖުމްލަ 90 އޭޓީއެމްގެ ޚިދުމަތް މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިއީ މުޅި ދުނިޔޭގެ ތާރީޚުގައި ވެސް އެއްވަގުތެއްގައި މިހާ ގިނަ އަދަދެއްގެ އޭޓީއެމްތަކެއްގެ ޚިދުމަތް އަލަށް ތައާރަފުކުރި ފުރަތަމަ ފަހަރެވެ. މި މުހިންމު ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ބޭންކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ލިބެން ހުރީ އެންމެ ރަށެއްގައި ގާއިމުކޮށްފައިވާ 5 އޭޓީއެމް މެދުވެރިކޮށެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު މި ޚިދުމަތް ވަނީ ވަރަށް ބޮޑަށް ފުޅާކުރެވި، ރާއްޖޭގެ 79 ރަށެއްގައި 86 ޑޮލަރު އޭޓީއެމް ވަނީ ބަހައްޓާފައެވެ.
ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކަށް އައި ކުރިއެރުމަށް ބަލާއިރު، 2023 ވަނަ އަހަރު ނިމުނުއިރު 73 ރަށެއްގައި ހުރީ 138 އޭޓީއެމްއެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ 187 ރަށެއްގައި އޭޓީއެމްގެ އަދަދު 268 އަށް އިތުރުކުރެވުނެވެ. އަދި މިހާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މީހުން ދިރިއުޅޭ 187 ރަށުގައި ގާއިމުކޮށްފައިވާ އޭޓީއެމްގެ ޖުމްލަ އަދަދު މިހާރު ވަނީ 340 އަށް އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު