ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ 24 އަހަރު ދުވަހުގެ ތެރޭގައި ގާއިމްކުރި އޭޓީއެމްތަކުގެ ޖުމްލަ އަދަދަށްވުރެ، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އަލަށް ބެހެއްޓި އޭޓީއެމްތަކުގެ އަދަދު ދެގުނައަށްވުރެ އިތުރުވެފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މި އުފާވެރި ޚަބަރު ހާމަކުރެއްވީ ރޭ އެ ބޭންކުން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފެވެ. މި ރަސްމިއްޔާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއްފަހަރާ 90 ކޭޝް ރީސައިކްލާ އޭޓީއެމް ހުޅުވުމަށް ބޭއްވި ތާރީޚީ ހަފްލާއެކެވެ.
ޝަރީފް ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭންކުގެ އޭޓީއެމް ނެޓްވޯކަށް ގެނެވުނު މި ބޮޑު ބަދަލާއެކު، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ވަނީ ގާއިމްކުރެވިފައެވެ. "މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި، އެބަހީ 187 ރަށެއްގައި 340 އޭޓީއެމް އެބަހުރި. 2025 އިން ފެށިގެން މިއަދު މި ހުޅުވޭ އޭޓީއެމްތަކުގެ ޖުމްލަ އަދަދު އޭގެ ކުރީގެ 24 އަހަރުގެ ތެރޭގައި ހުރި އަދަދަށްވުރެ ދެ ގުނަ އިތުރު،" އޭނާ ވިދާޅުވިއެވެ.
ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ރައްޔިތުން ބަލައިގަނެފައިވާ މިންވަރަށް ބަލާއިރު، 2025 ވަނަ އަހަރު މުޅި އޭޓީއެމް ނެޓްވޯކް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތް ކޮށްފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މި މުއާމަލާތްތަކުން ޖުމްލަ 17.1 ބިލިއަން ރުފިޔާ ބޭންކަށް ޖަމާކޮށްފައިވެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު އަލަށް 105 ރަށެއްގައި ބެހެއްޓި އޭޓީއެމްތަކުން އެކަނިވެސް 356 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމީ މި ޚިދުމަތުގެ މުހިންމުކަން ވަޒަންކޮށްދޭ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު