އިޒްރޭލުން އިއްޔެ ދިން ވަރުގަދަ ހަމަލާއެއްގައި ޝަހީދުވި އަލީ ޖައުފަރު އަލް-ދުއްރްގެ ހަނދާން އާކުރުމުގެ ގޮތުން، މިއަދު އުފަންވި އޭނާގެ ތުއްތު ދަރިފުޅަށް ބަައްޕަގެ ނަމުން ނަން ދީފިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އަލީ ޖައުފަރުގެ އަންހެނުން ވިހަން ކައިރިވެފައި ވަނިކޮށް، އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ކުއްލި ހަމަލާއެއްގައެވެ.
އަލީ ޖައުފަރު މަރުވިތާ އެންމެ ދުވަހެއް ފަހުން އޭނާގެ ދަރިފުޅު އުފަންވުމާއެކު، އާއިލާއިން ނިންމީ ބައްޕަގެ ނަން ދިގުދެމިގެންދާނެ ގޮތަކަށް އެ ދަރިފުޅަށް "އަލީ ޖައުފަރު" ގެ ނަމުން ނަން ދިނުމަށެވެ.
މިއީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން އާއިލާތަކަށް ކުރިމަތިވަމުންދާ ހިތްދަތި ކަމާއި، އެހެނަސް ގައުމީ ރޫހާއި ލޯބި ދައްކުވައިދޭ ވަރަށް އަސަރުގަދަ ހާދިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މި ހާދިސާގެ ފޮޓޯތަކާއި ޚަބަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ދަނީ އަލީ ޖައުފަރުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރަމުންނެވެ. އަދި މިއީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ބަޕަގެ މޫނު ދެކިލުމުގެ ނަސީބުން މަހްރޫމްވި އެތައް ކުދިންގެ ތެރެއިން ކުއްޖެއްގެ ވާހަކަ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އިޒްރޭލަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު