އެމެރިކާގެ ސިފައިން
އެމެރިކާގެ ސިފައިން
އީރާނާ ދެކޮޅަށް އެމެރިކާއިން އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ނަމަ، ދުވަހަކުވެސް ހަނދާނުން ފުހެލަން ދަތި ވަރުގަދަ ފިލާވަޅެއް އެމެރިކާއަށް ދަސްކޮށްދޭނެ ކަމަށް ބުނެ އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ތަރުޖަމާނު ވިދާޅުވީ އީރާނުގެ އަސްކަރިއްޔާ އޮތީ އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަރާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށާއި، މި ހަމަލާއަކީ އެމެރިކާއަށް ދެވޭނެ އެންމެ ފަހުގެ އިންޒާރަށް ވެގެންދާނެ ކަމަށެވެ.

އީރާނުން ބުނާ ގޮތުގައި އެ ގައުމުން ދޭ ރައްދު ހަމަލާގެ ސަބަބުން، ދުނިޔޭގެ އެންމެ ނިކަމެތި ގައުމަކަށް ވެސް ހަމަލާދިނުމުގެ ހިތްވަރު އެމެރިކާގެ ކިބައިން މިއަދު ނެތިގެންދާނެއެވެ. މި އިންޒާރު އައިސްފައިވަނީ އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާގައި އެމެރިކާގެ މެރިން ސިފައިން އެއްގަމަށް އަރައި ހަމަލާދިނުމުގެ ތަމްރީނުތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އީރާނުގެ މި ބަހުގެ ހަމަލާތަކަކީ އެމެރިކާއިން އެއްގަމު މަގުން ހަމަލާއެއް ދީފާނެ ކަމަށް ބަލައި، އެ ގައުމުގެ ދިފާއީ ބާރުތައް އޮތް ތައްޔާރީ ހާލަތު ހާމަކޮށްދިނުމުގެ ގޮތުން ދިން އިންޒާރެކެވެ. މިއާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު