އެޕިސޯޑް 25
...............
[އެންމެފަހުން މިގެޔަށް އައި ދުވަހުވެސް ދިމާނުވިދޯ އަހަންނާ. މިހާރު ދެން މިގޭގައި އުޅެން ވަރަށް ފޫހިވެސްވޭ....] ފިރާޝާ ލޮލުގެ ކުޑަކޮޅުން ދަރިފުޅަށް ބަލައިލަމުން ހުސް ފޯނުން ވާހަކަ ދެއްކިއެވެ. ކުޑަކުޑަ އަޒްހާން އުފަލުން ހިނިއައިސްފައި ހުއްޓެވެ.
[މަންމީ ދެން ގެނޭ ކޮއްކޮ ވާހަކަ ދައްކަން.] އަޒްހާން އަނެއްކާވެސް ފޯނު ހޯދަން އުޅުނެވެ. ފިރާޝާ އަވަސް އަވަހަށް ފޯނު ބޭއްވިއެވެ.
[ބައްޕީއަށް ވަގުތެއް ނެތޯ. ކުއްލިއަކަށް އޮފީހަށް ދާން ޖެހިއްޖެޔޯ.] ފޯނު ބޭއްވުމަށްފަހު، ފިރާޝާ ދަރިފުޅުގެ ހިތްހަމަޖައްސާލަދިނެވެ. އޭރު ކުށްވެރިޔަކު ފަދައިން ފިރާޝާގެ ކޮއްކޮ ނާދިޔާ ދުރުގައި އިނެވެ.
[ފޯނު ކުރަން ދަރިފުޅަށް ހުއްދަ ދިނީ ކާކު؟] ފިރާޝާ ދަރިފުޅު ގާތަށް ލަފާލަމުން އެހިއެވެ. އަޒްހާން އިޝާރާތް ކުރީ ނާދިޔާއަށެވެ. ނާދިޔާ އިސްޖަހާލިއެވެ. ނާދިޔާ ގާތު އަޒްހާނަށް ގުޅައިނުދިނުމަށް ފިރާޝާވާނީ ތަކުރާރުކޮށް އެތައްފަހަރަކު ބުނެފައެވެ.
އެދުވަހު ފިރާޝާ އޭނާގެ މަސައްކަތަށް އެހީއެއް ލިބޭތޯ މަންމަ ޢާރިފާއަށް އޭނާ ކުރަންއުޅޭ ކަންތަކުގެ މަޢުލޫމާތު ދިނެވެ. ޢާރިފާވެސް ދަރިފުޅަށް އުފާވެރި ދިރިއުޅުމަކަށް އެދޭތީ، އެކަމަށް އެހީވާން ނިންމިއެވެ.
[މަންމަ މިހުރީ ތިކަމަށް އެހީތެރިވެދޭން ތައްޔާރަށް.] ޢާރިފާ ބުންޏެވެ. ފިރާޝާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ.
ޖެހިގެން އައި ދުވަހު ކަރީމްބެގެ ގާތަށް ފިރާޝާ ދިޔައީ އޭނާގެ މަންމަ ޢާރިފާވެސް ގޮވައިގެނެވެ. މިފަހަރު ދިމާވީ ކުރީ ދުވަހާ އިދިކޮޅަށް ކަރީމްބެ ނަމާދުން ނިމިގެން އައިސް ގެޔަށް ވަންނަނިކޮށެވެ.
[ކަރީމްބޭ...މިއައީއޭ....] ކަރީމްބެގެ ފަހަތުން ކޮޓަރިއަށް ވަންނަމުން ފިރާޝާ ބުންޏެވެ. ކަރީމްބެ މުޢާޒާއި އޭނާގެ މިހާރުގެ އަނބިމީހާ ސުދާގެ ނަން ހޯދުމަށްފަހު، އެދެމީހުން ދުރުކުރެވޭނެތޯ ފުރަތަމަ ބެލީ ފާލެކެވެ. މިފަހަރުވެސް ކަރީމްބެ ބުނީ، ކުރިން އަސްމާ ގާތުވެސް ބުނިގޮތަށެވެ.
[ތިބުނާ ސުދާވަނީ ކަނޑުވެ، ވީނުވީއެއް ނޭނގި ގެއްލިފައި....ތިބުނާ މީހަކާ މުޢާޒު އިންކަމެއްވެސް މި ފާލަކުން ނުދައްކާ.] ކަރީމްބެ މުޖައްރިބު ކޮށްދިނެވެ. ނަމަވެސް، އެއީ ފިރާޝާމެނަށް ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. އޭނާ ޔަޤީންކުރެއެވެ. ސުދާ އަދި މަރެއް ނުވެއެވެ. އޭނާ ހެޔޮ ޙާލުގައި މުޢާޒާއެކު އުފާވެރި ދުވަސްތަކެއް އެބަ ހޭދަކުރެއެވެ. އޭނާއާއި މުޢާޒު ކައިވެނިކުރިކަންވެސް ފިރާޝާއަށްވަނީ ސާބިތުކޮށްދީފައެވެ.
[ކަރީމްބޭ...ތި ފާލުން ތިހެން ކިތަންމެ ބުންޏަސް އަދި ސުދާ މަރެއްނުވޭ. އަދި ރަނގަޅަށް ބަލާލަބަލަ.] ފިރާޝާއަށް ޤަބޫލު ނުކުރެވޭތީ، އޭނާ ބޭނުންވަނީ އަދިވެސް އިތުރަށް ފާލު ބަލައި، އެކަން ސާފުކުރުމަށެވެ. އަނެއްކާވެސް އޭނާ ފާލާ ދިމާއަށް އެނބުރުނެވެ.
[ތަފާތެއް ނެތް...އެއްގޮތަކަށް މި ދިމާވީ.] ކަރީމްބެ ބުންޏެވެ.
[ދޮގެއްތީ...އެ ބުނާ ސުދާއަކު އެގޭގައި އެބައުޅޭ...އިހަކަށް ދުވަހުވެސް އަހަރެން ދުށިން...އެ ސުދާއާއި މުޢާޒު އެކުގައި ދަނިކޮށް....] މިފަހަރު ވާހަކަ ދެއްކީ ފިރާޝާގެ މަންމައެވެ. ނަމަވެސް، ކަރީމްބެ އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ތަޖްރިބާއިން މީގެކުރިން ދުވަހަކުވެސް އެ ފާލު ދޮގުވެފައެއް ނުވެއެވެ. އެހެންކަމުން، އޭނާ ވިސްނާލިއެވެ. ރަނގަޅު ޚިޔާލު އޭނާގެ ސިކުނޑިއަށް ފައިދާވީ، ވިސްނާތާ އިރުކޮޅެއް ފަހުންނެވެ.
[ސުދާ ވަނީ ކަނޑުވެ ގެއްލިފައި...އެގޭގައި އުޅެޔޭ ތިކިޔާ މީހަކީ ސުދާއާ ވައްތަރު މީހަކަށް ވެދާނެ.] ކުރިން ބެލި ފާލު ތަކުރާރު ކުރުމަށްފަހު، ކަރީމްބެ ބުންޏެވެ. ހަމައެޔާއެކު، ކުޑަބަނޑޮހަށް ކުރި ދަތުރެއްގައި، ސުދާ ކަނޑަށް ވެއްޓުނު ހަނދާން ފިރާޝާގެ ސިކުނޑީގައި އާވިއެވެ.
[ތަންކޮޅެއް ކުރީގައި އަހަރެމެން ކުޑަބަނޑޮހަށް ކުރި ދަތުރެއްގައި ސުދާ ކަނޑަށް ވެއްޓުނު....ނަމަވެސް، އެދުވަހު އޭނަ މަރެއްނުވޭ. އެދުވަހު ދޯނީގައި ތިބި ހުރިހާ ފިރިހެންވެރިން ކަނޑު ހޯދަމުން ދަނިކޮށް، ސުދާ އަމިއްލައަށް ފަތާފައި އައިސް ދޯންޏަށް އެރީވެސް.] ފިރާޝާ ސުދާ މަރުނުވާކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކިޔައިދިނެވެ.
[އޭނ! އަމިއްލައަށް ފަތާފައި އައިހޭ އެރީ؟] ކަރީމްބެގެ ހިތުގައި ޝައްކު އުފެދުނެވެ.
[އާނ...އެކަމަކު ފަތާފައި އައި ތަނެއް އަހަރެމެނެއް ނުދެކެން. ދޯނީގެ ކޮޅުފަސްކޮޅުގައި ހުއްޓާ ކުއްލިއަކަށް ފެނުނީ.] ފިރާޝާ އިތުރަށް ކިޔައިދިނެވެ. އެހާ ހިސާބުން ކަރީމްބެ އޭނާގެ މަސައްކަތް ބަދަލުކުރިއެވެ. ދެން އޭނާ މަސައްކަތް ކުރީ މުޢާޒުމެން ގޭގައި އެއުޅެނީ ސުދާތޯ ދެނެގަންނާށެވެ. ކަރީމްބެ އަނެއްކާވެސް ފާލު ބަލަން ފަށައިފިއެވެ.
މެދުގޭތެރެ އުނދޯލީގައި އޮށޯވެ އޮތް ސުދާ ފުންމައިގެން ތެދުވެއްޖެއެވެ. ހީވާކަހަލައެވެ. އޭނާގެ ދިރިއުޅުމުގެ ތެރެއަށް ބަޔަކު ވަންނަން އުޅޭކަމުގެ އިޙްސާސް އޭނައަށް ކުރެވިއްޖެއެވެ. ބަޔަކު އޭނަގެ ޙަޤީޤަތް ހޯދަން މަސައްކަތް އެބަ ކުރެއެވެ. ނަމަވެސް، އެކަން އެހެން ވިޔަދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ނޫނީ އޭނާގެ މި އުފާވެރި ދިރިއުޅުމުގައި ނިމުމުގެ ސިއްކަޖެހި، އޭނާގެ ނަސްލުގެ މަޚްލޫޤުންނާއެކު، އެ މަޚުލޫޤުންގެ މަންޒިލަށް ވާސިލްވުމަށް އޭނާއަށް މަޖުބޫރުވާނެއެވެ. ނަމަވެސް، އެއީ ފަހަރެއްގައިވެސް އޭނާ އެދޭ ކަމެއް ނޫނެވެ.
އޭނާ ލޯބިވަނީ އިންސިން ދެކެއެވެ. އޭނާ ދިރިއުޅެން ބޭނުންވަނީ އިންސާނުންގެ ތެރޭގައެވެ. އެހެން ނޫނަސް، މިހާރު އޭނާގެ ޢާއިލާގެ މީހުންނާ ކުރިމަތިލާކަށްވެސް އޭނާއަކަށް ލާހިކެއް ނޫނެވެ. އޭނާ އޭނާގެ ޢާއިލާ ދޫކޮށް އައީ ޢާއިލާއިން ރާވައިގެން ކުރުވަން އުޅުނު ކައިވެންޏާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އޭނާއަކީ ވަރަށް ކުޑައިރުއްސުރެންވެސް އިންސާނުންގެ ދިރިއުޅުންދެކެ ލޯބިވާ މީހެކެވެ. އޭނާގެ ޢާއިލާއިން ރޭވި ކައިވެންޏާ އޭނާ ދެކޮޅުހެދީވެސް އެހެންވެގެނެވެ.
އޭނާއާއި މުޢާޒާ ދިމާވީ އޭނާ ޢާއިލާއާ ރުޅިހަދާލައިގެން އުޅުނު ދުވަހުއެވެ. މުޢާޒުގެ ފުރަތަމަ ފެނިލުމާއެކުވެސް އޭނާގެ ހިތުން މުޢާޒަށް މަޤާމެއް ކަށަވަރުވިއެވެ. ވުމާއެކު، ކުޑަހިނދުކޮޅެއްގެ ތެރޭގައި، އޭނާ މުޢާޒުގެ ހުރިހާ ޙަޤީޤަތެއް ހޯދިއެވެ. މުޢާޒަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެމެވެސް އޭނާ ބޭނުންވީ މުޢާޒުގެ ދިރިއުޅުމުގެ ތެރެއަށް ވަންނާށެވެ. ތެދުވެރި އަންބަކަށް ފިރާޝާ ނުވުމާވެސް އެކުގައެވެ.
ހާސްވެ ކަންބޮޑުވެފައި ހުރި ސުދާ ސިހުނީ އޭނާއާ ދާދި ގާތުން މުޢާޒު އައިސް ހުއްޓުމުންނެވެ.
[ސުދާ ހާދަ ކަންބޮޑުވެފައި....ކޮންކަމަކާތަ ތި ވިސްނަނީ؟] މުޢާޒު ސުދާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ސުދާ އިސްއުފުލައި މުޢާޒާ ދިމާއަށް ބަލައިލިއެވެ. ހީވެއެވެ. އޭނާ ބޭނުންވަނީ ވެގެން އުޅޭގޮތް މުޢާޒަށް ކިޔައިދޭށެވެ.
[މުޢާޒު....މުޢާޒު.....] ސުދާގެ ދެލޯ ފެންކަޅިވެއްޖެއެވެ.
[ކިހިނެއްވީ ސުދާ؟] މުޢާޒު ހާސްވިއެވެ. ސުދާ ބާރަށް ރޮއިގަތުމާއެކު މުޢާޒުގެ މޭގެތެރެއަށް ބޮނޑިވެލިއެވެ.
[ނުރޮއި....ވެގެން އުޅޭގޮތް ކިޔައިދީބަލަ ސުދާ.] މުޢާޒު ސުދާ ގޮވައިގެން ގޮސް އުނދޯލީގައި އިށީނެވެ. އޭރުވެސް ސުދާ ހަމަ ރޮނީއެވެ.
[މުޢާޒު...ބަޔަކު ފަންޑިތަ ހަދަނީ...] ސުދާގެ އަޑު ކަރުނަޔާ އެކުވެ ކެނޑިކެނޑިގެން ދިޔައެވެ.
[ފަންޑިތަޔޭ...ކާކު!؟] މުޢާޒުގެ ދެލޯ ބޮޑުވިއެވެ.
[ފިރާޝާ އަހަރެމެން ދުރުކުރަން....] ސުދާ ދެއްކީ އޭނާ ފުރަތަމަ ދައްކަން އުޅުނު ވާހަކައެއް ނޫނެވެ.
[ފިރާޝާއޭ! ކާކު ބުނީ؟] މުޢާޒުގެ ދެލޮލުން ރުޅިވެރިކަން ވިދައިގަތެވެ.
[އަހަރެންގެ ރައްޓެއްސަކު ބުނީ...] ސުދާ ދޮގުހެދިއެވެ.
[ދެރަނުވޭ ސުދާ....ފިރާޝާއަށް އެކަންވިޔަކަ ނުދޭނަން...ކިތަންމެ ފަންޑިތަ ހެދިޔަސް، އޭނައަކަށް އަހަރެންގެ ލޯތްބެއް ނުލިބޭނެ.] ރުޅިއައިސް ރަތްވެފައި ހުރި މުޢާޒު ފުންމައިގެން ތެދުވިއެވެ. އޭރު ޙަޤީޤަތުގައިވެސް ސުދާއަށްވަނީ މުޢާޒާ ވަކިވުމުގެ ބިރާ ކުރިމަތިވެފައެވެ. އެހެންކަމުން، މިހާރު އޭނާގެ ލޮލުން އެ ފައިބަނީ ދެއްކުންތެރިކަމުގެ ކަރުނަތަކެއް ނޫނެވެ. އެއީ ޙަޤީޤީ ކަރުނައެވެ.
[މުޢާޒު....މިހާރު ދިޔަޔަސް ފިރާޝާގެ ގެޔަކުން ފިރާޝާއަކާ ދިމައެއްނުވާނެ...އެމީހުންވީ ފަންޑިތަ ހަދާ މީހާގެ ގޭގައި...އެއީ އުތީމުގެ....] އެ އަޑު އެހުމާއެކު، އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރުމެއްނެތި މުޢާޒު ގެއިން ނުކުމެއްޖެއެވެ. އެބުނި ގެޔަކަށް ދިޔުމަށެވެ.
[ތިބުނާ ސުދާއަކީ އިންސާނެއް ނޫން.] ފާލު ބެލުމަށްފަހު، ފުރަތަމަ ޔަޤީންކަމާއެކު ކަރީމްބެ ފިރާޝާމެނާ ކުރިމަތިލިއެވެ.
[އޭނ! އިންސާނެއް ނޫނޭ؟] ޙައިރާންކަމާއެކު، ޤަބޫލުކުރަން ދަތިވާފަދަ ގޮތަކަށް ފިރާޝާއާއި ޢާރިފާގެ އަނގަ ތައްމިނަށް ހުޅުވުނެވެ.
[އާނ...އެއީ އިންސާނެއް ނޫން...އެއީ ޖިންނިއެއް. އޭތި އެއުޅެނީ ސުދާގެ ސިފަ ޖެހިގެން.]
[ތިހެންވީއިރު...ސުދާ މިހާރު ކޮބާ؟] ދެމީހުނަށް އެކީގައި ކަހަލަ ގޮތަކަށް އަހާލެވުނެވެ.
[ފާލުން ދައްކާ ގޮތުން ސުދާވަނީ ކަނޑުވެ މަރުވެފައި. އެއަށްފަހު، އެ ޖިންނި ސުދާގެ ސިފައިގައި އެއުޅެނީ.] ކަރީމްބެ އޮޅުންފިލުވައިދިނެވެ.
[ފިސާރި ތެދެއްތަ ތިބުނީ؟] ޢާރިފާއަކަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ.
[އާނ...ޔަޤީން...އެއްވެސް ޝައްކެއްނެތް.] ކަރީމްބެ ބުންޏެވެ.
[އަޅެ....ކަރީމްބޭ...އޭނަގެ ކިބައިން މުޢާޒު ސަލާމަތް ކުރެވިދާނެތަ؟ އަހަރެން ބޭނުން....މުޢާޒު ސަލާމަތް ކުރަން.] ފިރާޝާގެ ހިތް އަވަސްވިއެވެ. މިހާރު އޭނާގެ އުންމީދުވެސް ކޮންމެވެސްވަރަކަށް އާވެއްޖެއެވެ. އޭނާއަށް އަލުން މުޢާޒުގެ ލޯބި ލިބެން އުޅެނީއޭ ހިތަށް އަރަން ފަށައިފިއެވެ. އޭނާގެ ހިތް މިހާރު އޭނާގެ ގާތު ބުނާކަހަލައެވެ. [ފިރާޝާއެވެ. ކެތްތެރިވާށެވެ. ކާމިޔާބު ލިބޭކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ސުދާގެ ޙަޤީޤަތް އެނގި، ސުދާ މުޢާޒުގެ ދިރިއުޅުމުން ބާކީވާ ވަގުތު ހުސްވާ މަޤާމު ގައިމުވެސް ފިރާޝާއަށް ލިބޭނެއެވެ. މިފަހަރު ލިބޭ މަޤާމުގައި ސާބިތުވެ ހުރުމަށް ދިރިއުޅުން ބައްޓަން ކުރުމަކީ ފިރާޝާގެ ވާޖިބަކަށް ހަދަން ވާނެއެވެ. އެހެން ނޫނީ އަނެއްކާވެސް ފިރާޝާގެ ޙަޔާތުން މުޢާޒު ބީވެދާނެއެވެ.
[ފިރާޝާ.....] ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި ހުރި ފިރާޝާ ސިއްސައިގެން ދިޔައީ މަންމަ ޢާރިފާގެ އަޑުންނެވެ.
[މުޢާޒު އޭނަގެ ކިބައިން ސަލާމަތްވާނެ. އެކަމަކު މާފަސޭހައެއް ނުވާނެ.] ކަރީމްބެ މަސައްކަތް ފެށިއެވެ. މަސައްކަތަށް ބޭނުންވާނެ ސާމާނު ހޯދުމަށްފަހުގައެވެ. މުޢާޒު ރުޅިއައިސް ރަތްވެފައި ހުރެ އެގެޔަށް އައިސްވަނީ ކަރީމްބެ ފަންޑިތަ ހަދަން (ފަންޑިތައިގެ ބާރުގައި ސުދާ އެތަނަށް ގެނައުމަށް) ފެށިމާ މާގިނައިރުތަކެއް ނުވަނީހެވެ.
[ހުއްޓާލާ....ހަމަ މިހާރު ހުއްޓާލާ...ކަލޭމެން ކިތަންމެ މަސައްކަތް ކުރިޔަސް، އަހަންނާ ސުދާ ދުރެއް ނުކުރެވޭނެ.] މުޢާޒު ވަދެ ހަޅޭއްލަވައިގަތެވެ. ކަރީމްބެގެ މަސައްކަތަށް ކުޑަހުއްޓުމެއް އެރިއެވެ.
[މައިތިރިވޭ މުޢާޒު....މީކީ މުޢާޒުގެ ދެމަފިރިންގެ ދޭތެރެއަށް ވަނުމެއް ނޫން. އަޑުއަހާ މުޢާޒު.] ފުރަތަމަ މުޢާޒު ހަމަޖެއްސޭތޯ މަސައްކަތް ކުރީ ޢާރިފާއެވެ.
[ތީތަ މުޢާޒަކީ!؟] ކަރީމްބެ ވަގުތީގޮތުން މަސައްކަތް ހުއްޓާލުމަށްފަހު، މުޢާޒާ ދިމާއަށް އެނބުރުނެވެ.
[އާނ....ކަރީމްބޭ...ފުރަތަމަ މުޢާޒަށް ވިސްނައިދީ...ޙަޤީޤަތް ކިޔައިދީ....] މުޢާޒު ފެނުމުން ފިރާޝާ ހުރީ ފިނިވެފައެވެ.
[މުޢާޒު...މިހާރު ތިގޭގައި އެއުޅެނީ ސުދާއެއް ނޫން...ސުދާ މަރުތިވާ ނޫނީ މަރާލިތާ ކިތަންމެ ދުވަހެއް ވެއްޖެ....އާނ....މިހާރު ތިގޭގައި ސުދާގެ ސިފައިގައި އެއުޅެނީ އިންސާނެއް ނޫން. އެއީ އިންސާނުންގެ ލޯތްބަށް ދަހިވެތިވެފައިވާ ޖިންނިއެއް. އަހަރެން ބޭނުންވަނީ އެކަން މިއަދު މުޢާޒަށާއި، މިތިބަ މީހުނަށް ސާބިތުކޮށްދޭން.] ކަރީމްބެ ކިޔައިދިނެވެ. ޙައިރާންވެ އާގަމަވެފައި މުޢާޒަށް ހުރެވުނެވެ.
[ދޮގެއްތީ....ތީ ކަލޭމެންގެ މޮޅު ރޭވުމެއް...އެއީ ސުދާ....އެހެން ނޫންނަމަ، އަހަންނަށް އެކަން އެނގޭނެ...ހަމަ މިހާރު ތި މަސައްކަތް ހުއްޓާލާ.] މުޢާޒު ރުޅިގަދަވިއެވެ.
[ދެން އަހަރެންގެ މަސައްކަތް ހުއްޓާލައިފިއްޔާ....އޭނަގެ އުނދަގޫތަކާ އަހަރެމެނާ ކުރިމަތިވާނެ....އަހަރެންގެ މަޤްޞަދަކީ އެއީ އިންސާނެއް ނޫންކަން މުޢާޒަށް ސާބިތުކޮށްދޭން. ކެތްތެރިވެގެން މުޢާޒު މިތާހުރޭ. މުޢާޒަށް އެއްވެސް ގެއްލުމެއް ނުވާނެ....] ކަރީމްބެ އަނެއްކާވެސް މަސައްކަތް ފެށިއެވެ. ފިރާޝާ މުޢާޒާ ދިމާއަށް ބަލައިވެސްނުލާ އިސްއޮބާލައިގެން އިނެވެ. ކަރީމްބެ ކިޔަވަމުން، ދޮރާ ދިމާއަށް ބަލަމުން ދިޔައެވެ. މަލާމާތުގެ ފާޑަކަށް މުޢާޒު އެވެރިންނާ ދިމާއަށް ބަލަން ހުއްޓެވެ. ކަރީމްބެ ކިތަންމެ ބުންޏަސް އެއީ ސުދާ ނޫންކަން އޭނާ ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެއީ ސުދާ ނޫންކަން އެނގޭފަދަ ސާބިތު ހެއްކަކާނުލާ އެކަން ޤަބޫލުކުރާކަށް މުޢާޒު ބޭނުމެއް ނޫނެވެ. ކަރީމްބެގެ މަސައްކަތަށް ފުރްޞަތު ދީގެން އޭނާ އެހުރީ އެހެންވެގެންނެވެ.
ކިޔެވެލި ކުރިޔަށްދާއިރު، ކަރީމްބެ ދޭތެރެ ދޭތެރެއިން ގަޑިއަށްވެސް ބަލައިލައެވެ.
[ދެން ނުވާނެ....މާގިނައިރެއް. އެ އެތި މިތަނަށް ފާޅުވާނެ.] މިހެން ބުނެފައި، އަނެއްކާވެސް ކަރީމްބެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އެވަގުތު އެތާނގައި ތިބި އެންމެން ސިއްސައިގެން ދިޔައީ މޭޒުމަތީގައި ހުރި މާވަށިގަނޑު ބިންމައްޗަށް ވެއްޓުނު އަޑުންނެވެ. އެންމެން އެއްފަހަރާ އެދިމާއަށް އެނބުރުނެވެ. އެއީ ޖިންނި އަންނަން އުޅޭ ކަމުގެ ޢަލާމާތް ފެންނަނީ ކަމަށް ޔަޤީންވާތީ، ކަރީމްބެ އެކަމަށް ޝައުޤުވެރިކަމެއް ނުދީ، ކިޔެވެލި ކުރިޔަށް ގެންދިޔައެވެ. އިރުކޮޅެއްނުވެ، އަނެއްކާވެސް އެއްޗެއް ވެއްޓިއްޖެއެވެ. މިފަހަރު ވެއްޓުނީ މޭޒުމަތީގައި ހުރި ބިއްލޫރި ތަށްޓެކެވެ. ފިރާޝާއާއި ޢާރިފާގެ ހިތަށް އިންތިހާއަށް ބިރުވެރިކަން ވަނެވެ. ނަމަވެސް، އަތުގެ އިޝާރާތުން ހަމަޖެހިގެން ތިބުމަށް ކަރީމްބެ ބުނީމާ، އެމީހުން ހަމަޔަކަށް އެޅުނެވެ. އެއަށްފަހު، މާގިނައިރެއް ނުވެއެވެ. ހީވީ އެމީހުންގެ ބޯމަތިން ބާރުގަދަ ރޯޅިއެއް އެނބުރިގަތްހެނެވެ. އެ ބާރުގަދަ ރޯޅީގައި ޖެހި އެންމެންގެ ލޯތައް މެރުނު ވަގުތު އެތަނަށް އެ ފާޅުވީ ސުދާއެވެ. ސުދާ ހުރީ ރޮވިފައެވެ. ޙައިރާންވުމުގެ އިތުރަށް މުޢާޒު ގަތީ ބިރެވެ. އޭރު ސުދާ ހުރީ ސީދާ ކަރީމްބޭގެ ބާރުގެ ދަށަށް ގެނެވިފައެވެ.
[މުޢާޒު....އަހަރެން މުޢާޒުގެ ކިބައިން މަޢާފަށް އެދެން...އެމީހުން އެބުނަނީ ތެދެއް...އަހަންނަކީ ސުދާއެއް ނޫން.] ގޮތް ހުސްވުމުން ސުދާ މަޢާފަށް އެދެން ބޭނުންވިއެވެ.
[އަދި މިވަގުތު ކަލޭ ވާހަކަ ދައްކަންވީ މުޢާޒަކާ ނޫން...ފުރަތަމަ ކަލޭ ކަލޭގެ ސިފައަށް ބަދަލުވޭ. އެއަށްފަހު، މުޢާޒުގެ ދިރިއުޅުމަށް ކަލޭ އައިގޮތް، މި އެންމެންގެ ކުރިމަތީގައި ކިޔައިދީ.....] އަމުރުވެރި ރާގުގައި ކަރީމްބެ ބުންޏެވެ. ހަމައެއާއެކު، ލުއިލުއި ލޮޅުމަކާއެކު ސުދާގެ ސިފަ ބަދަލުވެއްޖެއެވެ. ގަތްބިރާއެކު އެންމެންނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުމާއެކު، ފަހަތަށް ޖެހިލެވުނެވެ. އާއެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިހާރު އެމީހުންގެ ކުރިމަތީގައި އެހުރީ ސުދާއެއް ނޫނެވެ. އެއީ މާމެއިޑެކެވެ. ހަމައެޔާއެކު، ތަންކޮޅެއް ކުރީގެ ދުވަހެއް މުޢާޒުގެ ސިކުނޑީގައި ކުރެހުނެވެ.
[ސުދާ ކޮބާ؟] މުޢާޒުގެ އަޑު ބާރުވިއެވެ. އެއަށްފަހު، ޖިންނި އޭތި މުޢާޒުގެ ދިރިއުޅުމަށް އައިގޮތް އެންމެންގެ ކުރިމަތީގައި ކިޔައިދިނެވެ. ސުދާ ކަނޑަށް ވައްޓާ މަރާލި ވާހަކައެވެ. ކުޑަބަނޑޮސް ދަތުރަށްފަހު، ސުދާގެ ސިފައިގައި އުޅެމުން އައީ އޭނާކަމެވެ. އަސްޢަދުގެ މަރުގެ ފަހަތުގައި ވަނީވެސް އޭނާކަމެވެ. އެއަށްފަހު، އޭނާގެ ފަރާތުން އަނިޔާ ލިބި މަރުވެދިޔަ ހުރިހާ މީހުންގެ ވާހަކަތައްވެސް އޭނާ ކިޔައިދިނެވެ.
[ކަރީމްބޭ....މި ނުލަފާ އެތި އަންދާލާ....އަހަރެންގެ މަޢާފެއް ދުވަހަކުވެސް މިއެއްޗަކަށް ނުލިބޭނެ.] ރުޅިއައިސް ރަތްވެފައި ހުރި މުޢާޒު ތުރުތުރުއަޅަން ފަށައިފިއެވެ.
[ނޫން...އަހަންނަށް މަޢާފްކުރޭ މުޢާޒު....އަހަރެން ދެން ދުވަހަކުވެސް މުޢާޒަކަށް އުނދަގުލެއް ނުކުރާނަން....] ޖިންނި (މާމެއިޑް) އާދޭސްކުރިއެވެ.
[މިއަދު ކަލޭ މިނިވަންކޮށް ދޫކޮށްފިއްޔާ، ކަލޭގެ އުނދަގޫ އަދިވެސް އަހަންނަށް ފޯރާނެ.] މުޢާޒުގެ އަޑު ކުރިއަށްވުރެންވެސް ބާރުވިއެވެ.
[އަހަރެންގެ އުނދަގޫ ދެން ފޯރައިފިއްޔާ، ކޮންމެފަދަ ގޮތެއް ހަދާލިޔަސް ހެޔޮ.....އަހަރެން ދޫކުރޭ....] ޖިންނި ރޮއިރޮއިފައި އާދޭސް ކުރިއެވެ.
[ކަލޭ މިނިވަން ކުރެވޭނީ، އެއްވެސް ދިވެއްސަކު ކަލޭގެ މަޅީގައި ނުޖައްސާނެ ކަމަށް ހުވާކުރުމުން.] ކަރީމްބެ ގޮތެއް ކަނޑައެޅިއެވެ. ޖިންނި އެކަމަށް އެއްބަސްވެ ހުވާވެސް ކުރިއެވެ. އެޔާއެކު ކަރީމްބެ ޖިންނި، އޭތީގެ އަމިއްލަ މިނިވަންކަމަށް ދޫކުރިއެވެ. ރޮމުން ޖިންނި ގޮސް މުޢާޒުމެންގެ ލޯމަތިން ގެއްލުނެވެ. ނަމަވެސް، ކުޑަބަނޑޮހުގެ ރާޅުޖަހާފަށުން (ދިޔަރެސް) ދިމާވެ، އޮޅުވާލައިގެން އޭނާގެ ޙަޔާތަށް އައިސް ގިނަ ދުވަސްތަކެއް ވަންދެން އޭނާއާއެކު ދިރިއުޅުން ޙިއްޞާކުރި ޖިންނީގެ ހަނދާންތަކާ ދުރަށް ދާން އޭނާއަށް ނިކަން އުނދަގޫވާނެއެވެ. ފިރާޝާގެ ލޯބި ލިބުނަސް، އެ ހަނދާންތަކުން މިންޖުވާން ދުވަސްތަކެއް ނަގާނެއެވެ.
އެދުވަހަށްފަހު ދެން އައީ ފިރާޝާގެ ޙަޔާތަށް އުފާވެރި ދުވަސްތަކެކެވެ. މުޢާޒު ފިރާޝާއަށް މަޢާފްކޮށް، އަލުން ފިރާޝާ އޭނާގެ ދިރިއުޅުމުގައި ޙިއްޞާ ކުރިއެވެ. ނަމަވެސް، މުޢާޒުގެ ހިތަކުން އަދިވެސް ބިރުވެރިކަމެއް ނުފިލައެވެ. ކުޑަބަނޑޮހުގެ ދިޔަރެސް ކައިރިން ފެނި އޭނާއާ އަވަލީ ޖިންނީގެ ހަނދާންތައް އަދިވެސް ދޭތެރެ ދޭތެރެއިން އާވެ، އެމަންޒަރުތައް ސިކުނޑީގައި ކުރެހެއެވެ. މިހާރު އޭނާ ބޭނުންވަނީ، އެ ހަނދާންތަކުން ސަލާމަތްވެ، ފިރާޝާއާއި އަޒްހާން (ދަރިފުޅު) އާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރާށެވެ.
ނިމުނީ

ކިޔުންތެރިންގެ ހިޔާލު