އިލެކްޝަންސް ކޮމިޝަނުން (އީސީ) ވޯޓު ކަރުދާސް ދޫކުރުމުގައި ގެންގުޅެން ނިންމާފައިވާ އުސޫލާ ގުޅިގެން، ވޯޓުގެ ސިއްރުކަން ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ގާނޫނީ މާހިރުންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ.
މި މައްސަލަ ފެންމަތިވީ، ވޯޓުލާ މީހަކު ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުންނުވާނަމަ އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރުމާ، އެމީހަކު ބޭނުންވާ ކަރުދާސް އެކަނި ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވުމާ ގުޅިގެންނެވެ.
މިރޭ އިލެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒާހިދު ވިދާޅުވި ގޮތުގައި، މިގޮތަށް އަމަލުކުރަން ނިންމީ ވޯޓުލުމުގެ މަރުހަލާގައި ފަހުން އެއްވެސް މައްސަލައެއް ދިމާނުވާނެހެން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ މަގުސަދުގައެވެ.
ނަމަވެސް، އީސީގެ މި ނިންމުމަކީ ވޯޓުގެ ސިއްރުކަން ކަށަވަރުކޮށްދޭ ގާނޫނީ އަސާސްތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސުއޫދު ފާހަގަކުރެއްވި ގޮތުގައި، ވޯޓުލާން އަންނަ މީހާ ގާތު އޭނާ ވޯޓުލާން ބޭނުންވަނީ ކޮން އިންތިހާބަކަށްތޯ ސުވާލުކޮށް، ބޫތަށް ވަނުމުގެ ކުރިން އެކަން އޮފިޝަލުންނާއި އޮބްޒާވަރުންނަށް ހާމަކުރަން ޖެހުމަކީ ސިއްރު ވޯޓެއްގެ މަފްހޫމާ މުޅިން ބީރައްޓެހި އަމަލެކެވެ.
މިއީ ވޯޓުލާ މީހާގެ ޝައުގުވެރިކަން ހުރި ދާއިރާ ކުރިއާލާ ހާމަވާނެ ކަމަކަށްވާތީ، މީގެ ސަބަބުން އިންތިހާބީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، ވަކި އިންތިހާބަކަށް ވޯޓުލާން ޖެހިލުންވާ މީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ގާނޫނީ މާހިރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ތިން ކަރުދާސް ދިނުމުން އޭގެ ތެރެއިން ވޯޓުލާނީ ކޮން އެއްޗަކަށްތޯ ނިންމުމަކީ ވޯޓުލާ މީހާގެ އަމިއްލަ އިހުތިޔާރަކަށް ވާންޖެހޭނެއެވެ. އީސީން ބުނަނީ ވޯޓުލާ މީހާ ކަރުދާހުގައި ފާހަގަޖަހާ މަރުހަލާ އޮންނާނީ ސިއްރުވެރިކަމާއެކު ކަމަށެވެ.
އެހެންނަމަވެސް، ވޯޓުލާ މީހާގެ ނިންމުން ބޫތަށް ވަނުމުގެ ކުރިން ނޫނީ އަދި ފަހުންވެސް އޮބްޒާވަރުންނަށް އެނގޭ ގޮތަށް އޮތުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ފުށުއަރާ އަދި އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

Inthikhaabu ge sirrukan gelley gothah amalukuran @ElectionsMv in mashwaraa kuramun ebadhey.
— Husnu Al Suood (@husnusuood) March 31, 2026
EC in hamajassan gasthukuranee, vote laan annameehaa kuren vote laan gasthukuranee kon kamakah thoa ahai saafu kurumah fahu 3 inthikhaabu ge 3 vote karudhaahuge therein emeehaku vote…
ސުއޫދު ފާހަގަކުރެއްވި ގޮތުގައި، ވޯޓުލާން އަންނަ މީހާ ގާތު އޭނާ ވޯޓުލާން ބޭނުންވަނީ ކޮން އިންތިހާބަކަށްތޯ ސުވާލުކޮށް، ބޫތަށް ވަނުމުގެ ކުރިން އެކަން އޮފިޝަލުންނާއި އޮބްޒާވަރުންނަށް ހާމަކުރަން ޖެހުމަކީ ސިއްރު ވޯޓެއްގެ މަފްހޫމާ މުޅިން ބީރައްޓެހި އަމަލެކެވެ.
މިއީ ވޯޓުލާ މީހާގެ ޝައުގުވެރިކަން ހުރި ދާއިރާ ކުރިއާލާ ހާމަވާނެ ކަމަކަށްވާތީ، މީގެ ސަބަބުން އިންތިހާބީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ، ވަކި އިންތިހާބަކަށް ވޯޓުލާން ޖެހިލުންވާ މީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ގާނޫނީ މާހިރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ތިން ކަރުދާސް ދިނުމުން އޭގެ ތެރެއިން ވޯޓުލާނީ ކޮން އެއްޗަކަށްތޯ ނިންމުމަކީ ވޯޓުލާ މީހާގެ އަމިއްލަ އިހުތިޔާރަކަށް ވާންޖެހޭނެއެވެ. އީސީން ބުނަނީ ވޯޓުލާ މީހާ ކަރުދާހުގައި ފާހަގަޖަހާ މަރުހަލާ އޮންނާނީ ސިއްރުވެރިކަމާއެކު ކަމަށެވެ.
އެހެންނަމަވެސް، ވޯޓުލާ މީހާގެ ނިންމުން ބޫތަށް ވަނުމުގެ ކުރިން ނޫނީ އަދި ފަހުންވެސް އޮބްޒާވަރުންނަށް އެނގޭ ގޮތަށް އޮތުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ފުށުއަރާ އަދި އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު