އީރާނުގެ ސަރަހައްދަށް ވަދެ އުޅުނު އެމެރިކާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ޖެޓެއް އީރާނުން ވައްޓާލާފައިވާ ކަމަށާއި، އޭގައި ތިބި ދެ ޕައިލެޓުންގެ ތެރެއިން އެކަކު އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު އީރާނުން އެމެރިކާގެ ރެސްކިއު ހެލިކޮޕްޓަރަކަށް ހަމަލާދީ ގެއްލުންތަކެއް ދީފައިވީ ނަމަވެސް، ހެލިކޮޕްޓަރު ވަނީ ސަލާމަތުން އެނބުރި ގޮސްފައެވެ.
ގެއްލިފައިވާ އަނެއް ޕައިލެޓް ދިރިހުއްޓާ ހޯދައިދިން މީހަކަށް ބޮޑު އިނާމެއް ދޭނެ ކަމަށް އީރާނުން މިހާރު ވަނީ އިޢުލާންކޮށްފައެވެ.
މީގެ އިތުރުން، އެފް-15 ޖެޓް ވައްޓާލި ވަގުތު ގަލްފު ސަރަހައްދުން އެމެރިކާގެ އޭ-10 މަރުކާގެ ބޯޓެއް ވެސް ވައްޓާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެއެވެ. ނަމަވެސް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ބޯޓުގެ ޕައިލެޓް ވެސް ވަނީ ސަލާމަތްކުރެވިފައެވެ.
މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވަނީ މި ހާދިސާގެ މައުލޫމާތު ރައީސަށް އަރުވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު