ޔާސިރު އަބްދުލް ލަތީފް
ޔާސިރު އަބްދުލް ލަތީފް
ރައްޔިތުންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ސަރުކާރުން ދަނީ ނަގަމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުލްލަތީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޔާސިރު ވިދާޅުވީ، ވެރިންގެ ގޮތުގައި އިސްކުރެވޭ ފަރާތްތަކުން ރައްޔިތުން ނިކަމެތިކޮށް، އެ ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނެގުމަކީ އިންތިހާއަށް ހިތާމަހުރި ކަމެއް ކަމަށެވެ.

ސަރުކާރުން ދަނީ އިންތިޚާބާ ކުރިއަށް ދާއިރުވެސް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާދީ، ވޯޓަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ބޮޑު ކަންބޮޑުވުމެއް އޮތް ކަމެވެ. މިފަދަ އަމަލުތަކަކީ ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެކެވެ.

ޔާސިރުގެ މި ފާޑުކިޔުންތައް އަމާޒުވެފައިމިވަނީ ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުއައްސަސާތަކުން އިންތިޚާބާ ދިމާކޮށް ވަޒީފާތައް އުފައްދައި ބަހަމުންދާ ކަމުގެ ޝަކުވާތައް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު