ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ރޫޅާލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތަކަށް ރައްޔިތުން "ނޫނެކޭ" ބުނަމުންދާ ކަމަށް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް މީކާއިލް ވިދާޅުވީ، ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
މީކާއިލްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ގައުމުގެ ޑިމޮކްރެޓިކް އޮނިގަނޑު ބަލިކަށިކޮށް، ބާރުތައް މަރުކަޒުކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ތެދުވެއެވެ.
އަދި މި ވޯޓުގައި "ނޫނެކޭ" ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، މިއީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ވަރުގަދަ ޖަވާބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ހުށަހަޅާފައިވާ އިސްލާހަކީ ސަރުކާރުގެ ނުފޫޒު ގަދަކޮށް، ޑިމޮކްރެޓިކް ހަމަތައް ގެއްލުވާލުމަށް ކުރާ ކަމެކެވެ. މީކާއިލް ވިދާޅުވީ، ރައްޔިތުންގެ މެޖޯރިޓީ މިހާރުވެސް އޮތީ މި ބަދަލުތަކާ ދެކޮޅަށް ކަމަށާއި، އިންތިޚާބުގެ ނަތީޖާއިން އެކަން ވަރަށް އަވަހަށް ސާފުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު