ނިމިދިޔަ ތިން އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތުތަކުގައި، އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބުނު ފުރިހަމަ އެއްބާރުލުމާއި ދެއްކެވި ކެތްތެރިކަމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފިއެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ހާމަކުރި ގޮތުގައި، ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ފުލުހުން ދެމުންދިޔަ އިރުޝާދުތަކަށް ރައްޔިތުން ފުރިހަމައަށް ބޯލަނބައި، ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމުގެ ސަބަބުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދިޔައެވެ.
މި އިންތިހާބުތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ފާހަގަކުރެވޭ ފަދަ ނުރައްކާތެރި އެއްވެސް ހާދިސާއެއް ހިނގާފައިނުވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.
އަދި އިންތިހާބާ ގުޅިގެން ހިނގި އެކި ކަންކަމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެނެވުނު ނަމަވެސް، މިހާރު އެއްވެސް މީހަކު ފުލުހުންގެ ބަންދުގައި ނެތް ކަމަށްވެސް އެ މުއައްސަސާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ އަމާން އަމާންކަމާއެކު އިންތިހާބެއް ނިންމާލުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފުލުހުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު