މިއަދު ބޭއްވި އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ގޮނޑި، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ދިފާއުކުރަށްވާކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އާތިފް އެ މަގާމު ދިފާއުކުރެއްވީ ސަރުކާރުގެ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ހަސަންއާ ވާދަކޮށްގެންނެވެ.
މިހާތަނަށް ލިބުނު ނަތީޖާއިން ދައްކާ ގޮތުން، އާތިފް ދެވަނަ ދައުރެއް ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް 68 އިންސައްތަ ވޯޓުންނެވެ. އެއީ 2،500 އަށްވުރެ ގިނަ ވޯޓެވެ. އޭނާއާ ވާދަކުރެއްވި، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ހަސަނަށް މިހާތަނަށް ލިބިވަޑައިގަތީ 32 އިންސައްތަ ވޯޓެވެ. އެއީ 1،200 އެއްހާ ވޯޓެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ނުހަނު މުހިންމު މި އިންތިޚާބުގައި، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
އިންތިޚާބުގެ ފައިނަލް ނަތީޖާ މުޅިން ސާފުވާއިރު، މައިގަނޑު ސިޓީތަކުގެ ކޮންޓްރޯލް އެމްޑީޕީން ދަމަހައްޓާނެ ކަމަށް މިހާރުގެ ނަތީޖާތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު