ކުރީގެ ރައީސް މުހައްމަދު ނަޝީދު (މ)
ކުރީގެ ރައީސް މުހައްމަދު ނަޝީދު (މ)
މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރިފަރަންޑަމް ވޯޓުން ސަރުކާރު ބޮޑުތަނުން ބަލިވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަމުންދާ މި ދަނޑިވަޅުގައި ރައީސް ނަޝީދު މީސްމީޑިއާ ގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިއަދު ނެގި ވޯޓުގައި އެމްޑީޕީން ވަނީ ވަރަށް ބޮޑު ތަނުން ސަރުކާރު ބަލިކޮށް، ބޮޑު ކާމިޔާބީއެއް ހޯދާފައި ކަމަށެވެ.

އަދި ރާއްޖޭގެ ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށުގެ އިތުރުން، ފެންނަ ނުފެންނަ ވޯޓުގައި ވެސް ރައްޔިތުން ބޮޑުތަނުން ސަރުކާރަށް "ނޫނެކޭ" ބުނެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއަދު ނެގި ވޯޓުގައި އެމްޑީޕީ މިވަނީ ވަރަށް ބޮޑު ތަނުން ސަރުކާރު ބަލިކޮށް، ކާމިޔާބު ހޯދާފަ. ހުރިހާ ސިޓީއެއް، ގިނަ ރަށްރަށެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފި. ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.



މިއަދު ކުރިއަށްދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރުވެސް ބާރުސްޕީޑެއްގައި ކުރިއަށްދާއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ގިނަ ގޮނޑިތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.

ވަކިން ހާއްސަކޮށް، ދެ އިންތިޚާބާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމް ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސަރުކާރުން ހުށަހެޅި ކަންކަމާ ދެކޮޅަށް ވޯޓު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް