މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ޒަރިޔަންދު-
މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި ޒަރިޔަންދު-
މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު އޭނާއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، އާދަމް އާޒިމް ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނަށްވުރެ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުން އާޒިމް ވަނީ 3،000 އަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރައްވާފައެވެ.

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޒަރިޔަންދު ވަނީ އާޒިމަށް މަރުޙަބާ ދަންނަވައި، މާލެއަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ގޮވާލަށްވާފައެވެ. އޭނާ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަކީ ނަޒާހަތްތެރި އިދާރާއަކަށް ވެގެންދިއުމަކީ އުންމީދެއް ކަމަށާއި، މި ރަށަކީ ދިރިއުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް ހެދުމަށް އާޒިމް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

މީގެ އިތުރުން، އިންތިޚާބުގައި އޭނާއަށް ތާޢީދުކޮށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ޒަރިޔަންދު ވަނީ ޝުކުރު އަދާކުރަށްވާފައެވެ. އޭނާ ވިދާޅުވީ އޭނާއަށް ކުރެއްވި އިތުބާރަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

މި އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ދެން ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު މޫސާ އަލީ ޖަލީލު އޮތީ ދެވަނައިގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް