ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، ފޮޓޯ: އެމްޑީޕީ
ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން، ފޮޓޯ: އެމްޑީޕީ
މިއަދު ބޭއްވުނު އިންތިޚާބުތަކުން ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން "ރަންރީނދޫ" ވެގެންދިޔަ މަންޒަރު ކަމަށާއި، މިއީ ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތުތަކަށް ރައްޔިތުން ނުރުހޭކަން ހާމަކޮށްދިން ސާފު މެސެޖެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާ ލިބެމުންދާ ދަނޑިވަޅެއްގައި، މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ރައްޔިތުން މިހާރުގެ ސަރުކާރަށް ނޫނެކޭ ބުނަމުންދާ މަންޒަރު ކަމަށެވެ.

"މިއަދު މިފެނުނީ މުޅި ރާއްޖެ އަލުން ރަންރީނދޫ ވެގެން ދިޔަ މަންޒަރު. ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފު މެސެޖެއް." ޝާހިދު ވިދާޅުވިއެވެ.

މި ކާމިޔާބީ ފާހަގަކުރައްވަމުން ޝާހިދު ވަނީ އެމްޑީޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހިތްވަރުގަދަ ކެންޑިޑޭޓުންނަށާއި، ކެމްޕެއިންގައި ރެޔާއި ދުވާލު މަސައްކަތް ކުރެއްވި ޓީމުތަކަށާއި، "ރަންރީނދޫ ލަޝްކަރު" ގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިތުބާރުކޮށް ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.



ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ ވިންދާއި، ޚިޔާލާއި، މަޝްވަރާއާ އެކުގައި ކަމަށެވެ. އަދި އެ ޕާޓީއަކީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ދެގޮތެއްނުވެ އޮންނާނެ ޕާޓީއެއްކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

މިއަދު ބޭއްވުނު އިންތިޚާބުތަކުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުން، އިންތިޚާބުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް