އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވާފައިވާ މުހުލަތު ހަމަވާން ބާކީ އޮތީ އެންމެ 48 ގަޑިއިރު ކަމަށް ވިދާޅުވެ، ހަނގުރާމައިގެ ވަރުގަދަ އިންޒާރެއް އަނެއްކާވެސް ދެއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އޮތް ވަގުތު ހަމަވަމުންދާ ކަމަށާއި، މި މުހުލަތު ހަމަވުމާއެކު އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް އަމާޒުވާނެ ކަމަށެވެ.
މި ނުތަނަވަސްކަން އިތުރުވެފައިވަނީ އީރާނުގެ ވައިގެ ސަރަހައްދުން އެމެރިކާގެ އެފް-15 އަދި އޭ-10 މަރުކާގެ ދެ އަސްކަރީ ބޯޓެއް ވައްޓާލާފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުން މިކަމުގެ ޒިންމާ އުފުލާފައިވާއިރު، ޓްރަމްޕް ވަނީ އީރާނުގެ އިންފްރާސްޓްރަކްޗާ ސިސްޓަމްތަކަށާއި، ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާދީ، އެ ގައުމު "ހިލަ ޒަމާނަށް" ފޮނުވާލާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އާންމު ޚިދުމަތްތަކަށް ހަމަލާދިނުމުގެ މި އިންޒާރަކީ ހަނގުރާމައިގެ ކުށެއް ކަމަށް ބުނެ ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ދަނީ ފާޑުކިޔަމުންނެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް އަލީ އަބްދުﷲ އަލިއާބާދީ ވިދާޅުވީ، މިއީ ގޮތް ހުސްވެފައިވާ މީހަކު ކުރާ ފަދަ ބުއްދި ގަބޫލުނުކުރެވޭ އަމަލެއް ކަމަށެވެ.
އަދި އެމެރިކާއިން ކުރިމަތިލުމަކަށް އަތުވެއްޖެނަމަ، އެމެރިކާއަށް "ނަރަކައިގެ ދޮރުތައް" ހުޅުވިގެންދާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ. ދެ ގައުމުގެ ދެމެދުގައި މަޝްވަރާގެ ދޮރު ހުޅުވިފައިވާ ކަމަށް އީރާނުން ބުނި ނަމަވެސް، އެމެރިކާއިން ހުށަހަޅާފައިވާ ބައެއް ޝަރުތުތަކަށް އެ ގައުމުން ވަނީ އިންކާރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު