މިފަހުން ދެކެވުނު ވާހަކައަކީ އިންތިޚާބުކޮށްފައި ތިބޭ މެންބަރުންނާއި ކައުންސިލަރުން، އެމީހުންގެ ދައުރުގެ މެދުތެރެއިން ވަކިކުރެވޭނެ 'ރިކޯލު ވޯޓު' ތައާރަފުކުރުމުގެ ވާހަކައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަދަ ނިޒާމެއް ގާއިމުކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފައި ވަނިކޮށް، އެންމެ ފަހުން ބޭއްވުނު ރެފަރެންޑަމް އާއި ލޯކަލް ކައުންސިލް އިންތިޚާބުން ފެނިގެންދިޔަ ނަތީޖާއަކީ ސަރުކާރަށް ލިބުނު ވަރުގަދަ މެސެޖެކެވެ.
ރިކޯލު ވޯޓުގެ ވިސްނުންފުޅު
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހޮވުމަށްފަހު، ދައުރުގެ ތެރޭގައި އެމީހުންގެ ޝަރުތެއް އުނިވުމުން ނުވަތަ މަސައްކަތުގެ ފެންވަރު (ޕާފޯމަންސް) ދަށްވުމުން، އެ މީހުން މަގާމުން ވަކިކުރުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަންޖެހޭ ކަމަށެވެ. "އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަ ލިބޭ އެ ގޮނޑިން [މެންބަރު] ބޭރުކުރަން،" ރައީސް ވިދާޅުވިއެވެ. މިކަމަށްޓަކައި ވަކި އިންސައްތައެއްގެ ޕެޓިޝަނެއް ހުށަހަޅައިގެން ވޯޓަކަށް ދެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަމަށް ވަނީ ހާމަކުރައްވާފައެވެ.
އިންތިޚާބުގެ ނަތީޖާ: ސަރުކާރަށް ކުރިމަތިވި ނޫނެކޭ
ރައީސް މުއިއްޒު މިފަދަ އިސްލާހީ ވިސްނުންފުޅުތަކެއް ގެންގުޅުއްވި ނަމަވެސް، އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އެއާ ގުޅިގެން ނެގުނު ރެފެރެންޑަމްގެ ނަތީޖާ ދައްކަނީ ތަފާތު މަންޒަރެކެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ހޯއްދެވި 129،159 ވޯޓަށްވުރެ، ހޮނިހިރު ދުވަހު ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިން މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން 130،919 މީހުން ވަނީ ސަރުކާރާ ދެކޮޅަށް ވޯޓު ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް އަހަރުގެ ދައުރުގެ މެދުތެރެއާ ހަމައަށް އާދެވިފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ މިޑް-ޓާމް އިލެކްޝަނެއްގެ ގޮތުގައި ބެލެވިދާނެ މުހިންމު އިމްތިޙާނެކެވެ. މިއީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށާއި މިހާރުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަޒަންކޮށްލުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ. ނަމަވެސް، މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، މިއީ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އިންތިޚާބުގެ ނަތީޖާއިން ސާފުވެގެންދިޔައީ، ގިނަ ރައްޔިތުންތަކެއް ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެ، ހިތްހަމަނުޖެހުން ފާޅުކުރިކަމެވެ.
މިއީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމާއި މާޔޫސްކަން ހާމަވާ ކަމެކެވެ. މާލެއާއި އެހެނިހެން ސިޓީތަކުގެ މޭޔަރުކަމާއި، ކައުންސިލްތަކުގެ އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީން ހޯދުމަކީ، ސަރުކާރު ހިންގާ ޕީއެންސީއަށް ރައްޔިތުން ދިން ވަރުގަދަ އިންޒާރެކެވެ.
މި ނަތީޖާއިން ސާފުކޮށްދެނީ ވަޒީފާގެ ބިރާއި، މަޝްރޫއުތަކުގެ ވައުދާއި، ފައިސާގެ ނުފޫޒަށްވުރެ ރައްޔިތުންގެ އިހުސާސްތައް މާ ބާރުގަދަ ކަމެވެ. ރައީސް މުއިއްޒު 'ރިކޯލު' ވޯޓަކުން މެންބަރުން ވަކިކުރާނެ ވާހަކަ ދައްކަވަމުން ގެންދަވާއިރު، އިންތިޚާބަކުން މި ފެނިގެންދިޔައީ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް 'ނޫނެކޭ' ބުނި ތަނެވެ. ރިޔާސީ އިންތިޚާބުގައި ލިބުނު ތާއީދަށްވުރެ އިދިކޮޅު ވިސްނުމަށް ލިބުނު ވޯޓު ގިނަވުމަކީ، ސަރުކާރުން މިހާރުން މިހާރަށް ރައްޔިތުންގެ އަޑު އަހައި، ސިޔާސަތުތައް މުރާޖައާ ކުރަންޖެހޭ ކަމުގެ ހެެއްކެވެ. މެންބަރުންނާއި ކައުންސިލަރުން ރައްޔިތުންގެ "ރިކޯލް ވޯޓަކުން" މަގާމުން ވަކިކުރެވޭނެ ނިޒާމެއް ތައާރަފުކުރުމުގެ ވިސްނުންފުޅު ހާމަކުރައްވާފައިވާއިރު، އެފަދަ އިމްތިޙާނަކާ ރައީސް މުޢިއްޒު އަމިއްލަފުޅަށް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާނެތޯ މިއީ މިއަދު އުފެދިފައިވާ ބޮޑު ސުވާލެކެވެ.

ކިޔުންތެރިންގެ ހިޔާލު