ހުރްމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުގެ މުހުލަތު، ރާއްޖޭ ގަޑިން މިރޭ ފަތިހު 5:00 އަށް ހަމަވާނެއެވެ.
ޓްރަމްޕް ވަނީ މި މުހުލަތުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފި ނަމަ، އީރާނުގެ ބްރިޖުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުނެ ހަރުކަށި ބަހުރުވައިން އިންޒާރު ދެއްވާފައެވެ.
މިކަމާ ގުޅޭގޮތުން ޓްރޫތް ސޯޝަލްގައި ޓްރަމްޕް ލިޔުއްވާފައިވަނީ އަންގާރަ ދުވަހަކީ އީރާނުގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލާނެ ދުވަސް ކަމަށާއި، ކަނޑުއޮޅި ނުހުޅުވައިފި ނަމަ އެ ގައުމަށް "ނަރަކައިގެ ބިރުވެރިކަން" ދައްކާލާނެ ކަމަށެވެ.
ނަމަވެސް، އީރާނުން މި އިންޒާރުތަކަށް ދިނީ ބީރު ކަންފަތެކެވެ. އީރާނުގެ އަސްކަރީ ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ ވިދާޅުވީ، ޓްރަމްޕްގެ މި އަމަލަކީ ބުއްދި ގަބޫލުނުކުރެވޭ، ހާސްވެފައި ހުރި މީހެއްގެ އަމަލެއް ކަމަށެވެ. އަދި ހަނގުރާމައެއް ފަށައިފި ނަމަ، އޭގެ ނަތީޖާ މުޅި ސަރަހައްދަށް ގޯސްވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މީގެ އިތުރުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤީ ވިދާޅުވީ، އާންމުން ބޭނުންކުރާ ތަންތަނަށް ހަމަލާދީގެން އީރާނު ކުޑަކަކޫ ނުޖެއްސޭނެ ކަމަށާއި، އެ ގައުމު ބަލިކުރެވޭނެ ކަމަށް ހީކުރުމަކީ ކޮޅެއްނެތް ވަހުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު