ހަނދާނަށް އަންނަނީ 2018ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. "ވެއްޓޭ ފާހަގަ" އާއި، "ޑިސެޕިއަރިންގ އިންކް" އާއި، "މެޖިކް އަނގޮޓި"އާ ގުޅުވައިގެން ދެކެވުނު ވާހަކަތަކެވެ. "ދެދޮރު ދޭތެރޭ" ކުރި މުޒާހަރާގައި ފެށި މިވާހަކަތައް ދަޢުލަތުގެ ޢަދުލުގެ އެންމެމަތީ ގެ، "ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި" ވެސް ގުގުމިއެވެ. މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިންތިޚާބުގެ ނަތީޖާ ބަލައިނުގަނެ، ކުރި އެންމެ ބޮޑު އެއް ތުހުމަތަކީ "ވޯޓު ކަރުދާހުގައި ޖެހި ފާހަގަ ވެއްޓޭ" ކަމުގެ ތުހުމަތެވެ. ހަމައެއާއެކު ވަކި ކެނޑިޑޭޓެއްގެ ނަމާއި ދިމާލުގައި ޖަހާ ފާހަގަ ވަކި ވަގުތެއް ފަހުން ފޮހެވޭ ގޮތަށް ވޯޓު ކަރުދާސް ތައްޔާރު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މި ވާހަކަ ފެތުރީ ވޯޓު ގުނަމުން ދިޔައިރު ނަތީޖާ ޕީޕީއެމް އާއި އިދިކޮޅަށް ބުރަވާން ފެށުމުންނެވެ.
"ވެއްޓޭ ފާހަގަ" ތުހުމަތާ ގުޅިގެން ފެންމަތިވި އަނެއް ތުހުމަތަކީ "މެޖިކް އަނގޮޓީ" ގެ ވާހަކައެވެ. ވޯޓުލާ މީހުންގެ ތެރެއިން ބައެއް ފަރާތްތަކުން "ޚާއްޞަ ދެލީގެ އިންކް ހިމެނޭ އަނގޮޓިއެއް" އަޅައިގެން ގޮސް، މަތީ ގޮޅީގައި އެ އިންކުން ފާހަގަޖެހި ކަމަށް ބުނެވުނެވެ. މި "މެޖިކް އިންކް" ވޯޓު ފޮށި ގުނަން ފެށުމުގެ ކުރިން ފޮހެވޭ ކަމަށް ވާހަކަތަކެއް ފެތުރުނެވެ. މީގެ ބޭނުމަކީ މަތީގައި ޖެހި ވޯޓުތައް ބާޠިލު ވޯޓަށް ނުވަތަ އިދިކޮޅު ކެންޑިޑޭޓަށް ބަދަލުކުރުން ކަމަށް ތުހުމަތު ކުރެވުނެވެ.
މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ދެއުޅިއެއްނުވާ މި ޝަކުވާތައް ކޯޓަށް ހުށައެޅި ނަމަވެސް ކޯޓުން ވަނީ ޝަކުވާތައް ބޭރު ކޮށްލައިފައެވެ. ހަމައެއާއެކު ބައިނަލްއަޤުވާމީ އަދި ޤައުމީ އޮބްޒާވަރުން ވަނީ ވޯޓުލުމުގެ ޕްރޮސެސް ބަލައި، ވޯޓު ގުނުމުގެ މަރުޙަލާގައި ނުފޫޒު ފޯރުވި ކަމުގެ ހެއްކެއް ފެނިފައި ނުވާތީ، ވޯޓުލުމާއި، ގުނުމުގެ ޕްރޮސެސް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ނިންމާފައެވެ.
މިހަނދާންތައް އާވެފައި މިވަނީ މިފަހަރުގެ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީން ވާދަކުރެއްވި ކެންޑިޑޭޓުންނަކީ "ދޫނި"ތަކެއް ކަމަށް މީސް މީޑިއާގައި ޕްރޮމޯޓް ކޮށްފައި ވާތީއެވެ. އެހެންކަމުން ޕީއެންސީއަށް ނާކާމިޔާބުވީ، ޕީއެންސީގެ "ދޫނި"ތަކުން ޖެހި ފާހަގަތައް "އުދުހިގެން" ދިއުމުން ކަމަށް ބުނެ މީސްމީޑީއާގައި ބައެއް ފަރާތްތަކުން ދަނީ "މަޖާޒީ" މިސާލުތައް ޖަހަމުންނެވެ. ނަމަވެސް ސީރިއަސް ނޯޓެއްގައި ޕީއެންސީއަށް މިނާކާމިޔާބު ލިބުނު ސަބަބާމެދު ވިސްނާލަން އެބަޖެހެއެވެ. މިޤައުމުގެ ދިމިޤްރާތީ ދުޅަހެޔޮ ކަމަށްޓަކައެވެ.
ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި މި އިންތިޚާބުގައި ޕީއެންސީން ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ޤާބިލު ބޭފުޅުންތަކެއް ކަމަށްވީ ނަމަވެސް، ސަރުކާރުން ރައްޔިތުންނަކީ "މޮޔައިން" ކަމަށް ބަލައި، ކޮންމެ އިންތިޚާބަކާ ދިމާކޮށް އޮޅުވާލުމާއި މަކަރު ހެދުމުގެ ސަގާފަތް ކުރިއަށް ނެރުމަކީ މި ނާކާމިޔާބީގެ އެއް އަސާސެވެ. ހަމައެއާއެކު، އިންތިޚާބުގެ ނަތީޖާއިން ފެނިގެން ދިޔައީ، އެއްވެސް ރޭވުންތެރިކަމެއް ނެތި، ހިތުހުރި އެއްޗެއް ބުނެ، ދޮގު ވައުދުތަކެއްގެ މަތީގައި ކަންކަން ބިނާކުރުމުގެ ނަތީޖާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ރެފެރެންޑަމްގެ ނަތީޖާ ސާފުކޮށް ދައްކައިދެނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަމެވެ. 70 އިންސައްތަ ރައްޔިތުން ސަރުކާރުގެ ހުށަހެޅުމަށް "ނޫނެކޭ" ބުނުމަކީ ސީދާ ސަރުކާރާ ދެކޮޅަށް ދިން މެސެޖެއް ކަމަށް މާހިރުން ވިދާޅުވެއެވެ. މި އިންތިޚާބުގައި ޕީއެންސީއަށް 28 ގޮނޑި އެއްވެސް ވާދައެއް ނެތި ލިބުނުއިރު، އެމް.ޑީ.ޕީއަށް ވާދައެއް ނެތި ލިބުނީ އެންމެ ގޮނޑިއެކެވެ. މީގެ މާނައަކީ ބައެއް ރަށްރަށުގައި ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވައިގެން ޕީއެންސީ ކެންޑިޑޭޓުންނާ ވާދަކުރާނެ މީހުން ފަހަތަށް ޖެއްސި ނަމަވެސް، ވާދަވެރި ރޭސްތަކުގައި ރައްޔިތުން ޕީއެންސީ ބަލައިނުގަތް ކަމެވެ.
ރާއްޖޭގެ "އިންތިޚާބީ ބުރު" ދައުރުކުރަމުންދާ ގޮތުން، ކައުންސިލް އިންތިޚާބުތަކަކީ ޢާންމުކޮށް ސަރުކާރާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ފާޅުކުރާ ވެހިކަލެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ހާމަވެއެވެ. ނަމަވެސް ސިޔާސީ ބައެއް ފަރާތްތަކުން ބުނެފައިވަނީ، މިއީ ރައްޔިތުންގެ ރެފެރެންޑަމް "ބެކްފަޔާ" ވުން ކަމަށެވެ. އެގޮތުން ކައުންސިލް އިންތިޚާބާއެކު ރެފަރެންޑަމް ބޭއްވުމުން، ރެފަރެންޑަމްގެ ހިތްހަމަ ނުޖެހުމުގައި ތިބި ރައްޔިތުން ސަރުކާރާ ދެކޮޅަށް ހުރިހާ ވޯޓެއް އަޅައި ނިންމާލީއެވެ.
ޖުމްލަކޮށް އިންތިޚާބުގެ ނަތީޖާއާމެދު އެމްޑީޕީން ބުނެފައިވަނީ، ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވީ، ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާއި، ކައުންސިލްގެ މާލީ ބާރުތައް އަތުލައި، މެންބަރުންގެ ޢަދަދު މަދުކުރުމަކީވެސް ސަރުކާރަށް ނާކާމިޔާބުވީ ސަބަބެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ޙަޤީޤަތުގައި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ކެމްޕޭނަށް ބޭނުންކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތައް ސިޔާސީ ހާއްޔަކަށް ހަދައި، ސިޔާސީ މަގާމުތައް ބަހަމުން ދިއުމަކީ ރައްޔިތުން ބަލައިގަތް ކަމެއް ނޫނެވެ. އަނެއްކޮޅުން ޕީއެންސީގެ ދަފްތަރުގައި 74،000 އަށްވުރެ ގިނަ މެންބަރުން ތިބިކަމަށް ދައްކާއިރު، އެ އަދަދާ ގާތްކުރާ މިންވަރަށްވެސް ވޯޓު ނުލިބުމަކީ އަނެއް ބޮޑު ސުވާލެކެވެ. އެހެންކަމުން ޕީއެންސީގެ ދަފްތަރަކީވެސް އިލެކްޝަންސް ކޮމިޝަނާއި ޕީއެންސީން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމުގެ ތުހުމަތުވެސް ބައެއް ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ. ޕީއެންސީގެ މެންބަރުންގެ ސައްހަކަމާމެދު އުފެދިފައިވާ މި ޝައްކުތަކުންވެސް ރައްޔިތުންގެ އިތުބާރު އެ ޕާޓީއަށް ވަރަށް ބޮޑުތަނުން ވަނީ ގެއްލިފައެވެ.
މީގެ އިތުރުން، ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި ކެމްޕޭނުގެ އިސް ސަފުގައި އުޅުއްވި ފަރާތްތަކުގެ އިޚުލާޞްތެރިކަމެއް ނެތުމާއި، ހަމައެކަނި އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމަކީވެސް މި ބޮޑު ނާކާމިޔާބީގެ ފަހަތުގައިވާ ސަބަބެކެވެ. ރައްޔިތުންގެ ވޯޓު ގެއްލި، "ދޫނިތައް" އުދުހިގެން ދިޔައީ ސަރުކާރުގެ ނުފޫޒާއި ދޮގުތަކަށް ރައްޔިތުން ނޫނެކޭ ބުނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު