ކާބޯތަކެތީގެ ޚިދުމަތް ދިނުމުގެ ދާއިރާގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، މަރުޙޫމް އަޙްމަދު އާދަމްގެ ޢާއިލާއަށާއި، މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ.
ރައީސްގެ މެސެޖުގައި އަޙްމަދު އާދަމް ސިފަކުރައްވާފައިވަނީ ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު، އަދި ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައި ނަމޫނާ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ. ޚާއްޞަކޮށް މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް އޭނާ ވެދެއްވި ބޮޑެތި އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.
ޕީޓްރަލް އަޙްމަދުބެއަކީ ދިވެހި އުފެއްދުންތަކުގެ މަސައްކަތުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން 1970ގެ އަހަރުތަކުން ފެށިގެން ލޮނުމަސް އެޅުން ފަދަ މަސައްކަތްތައް އޭނާ ކުރެއްވިއެވެ. މާލެއަށް މަޝްހޫރުވި "ގުރާބުތުނޑި" ހޮޓަލަށްފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ "ހޮޓެލް ޕީޓްރަލް" އުފައްދަވައި، ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް އޭނާ ފޯރުކޮށްދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް އަޙްމަދު އާދަމް ލެހެއްޓެވުން އެދި ދުޢާ ކުރަށްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު