އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރު ގދ. ތިނަދޫ، ބްލެކްސްމިތު، ހުސައިން ދީދީ
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރު ގދ. ތިނަދޫ، ބްލެކްސްމިތު، ހުސައިން ދީދީ
އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ގދ. ތިނަދޫ، ބްލެކްސްމިތު، ހުސައިން ދީދީ މިއަދު މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ހުސައިން ދީދީ ވަނީ އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ވެސް މިއަދުން ފެށިގެން ވަކިކޮށްފައި ކަމަށެވެ.

ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކަށް މި ބަދަލުތައް ގެންނަން ފަށާފައި މިވަނީ، ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުތަކުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ހުސައިން ދީދީގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ އިތުރު ބައެއް ބޭފުޅުން ވެސް މިއަދު ވަނީ މަގާމުތަކުން ވަކިކުރަށްވާފައެވެ.

މިގޮތުން މަގާމުން ވަކިކުރެވުނު ބޭފުޅުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުން، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަސްމާގެ ކޮއްކޯފުޅު، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ.

މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު