މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހ. ހަބަރުގެ، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޕީސީބީން ވަނީ ކަށަވަރު ކޮށްދީފައެވެ. ޕީސީބީން ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރިޝްވާން އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ. އެހެންކަމުން ޕީސީބީން ވަނީ އޭނާގެ އިސްތިއުފާ ގަބޫލުކޮށް އޭނާ އެ މަގާމުން ވަކިކޮށްފައެވެ.
ރިޝްވާން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ އެމްޕީއެލްގެ މުވައްޒިފުންތަކަކާ ޒުވާބުކުރަށްވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ސަރުކާރުން އޭނާއަށް އިސްތިއުފާ ދިނުމަށް އެންގި ކަމަށް ވެސްވެއެވެ.
ރިޝްވާން ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރަށްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 12 ޖުލައި 2011 ގައެވެ. ރިޝްވާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރަށްވާފައެވެ.
އެމްޕީއެލްގެ އެމްޑީގެ މަޤާމުން ރިޝްވާން އިސްތިއުފާ ދެއްވާފައިވާއިރު ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް މިހާރު ގެންދަނީ ބަދަލުތައް ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު