ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ސިޔާސީ ކޯޅުން އޮންނަނީ ސިޔާސީ ހަކަތަ ހުރުމުން ކަމަށާއި، އޭގެ ބަދަލުގައި ވެރިކަންކުރާ ޕީއެންސީ އަކީ މުޅަ މަސްގަނޑެއް ކަމަށް ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވައްޑެ މިރޭ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ސިޔާސީ ކޯޅުންތައް ހުރުމަކީ އެ ޕާޓީގައި "ސިޔާސީ ހަކަތަ" ހުރިކަމުގެ ހެއްކެއް ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ މައްސަލަތަކާ މެދު ޕީއެންސީގެ އެކްޓިވިސްޓުން އުފާފާޅުކުރަމުންދާ ދިއުމަށް އޭނާ ވަނީ ރައްދު ދެއްވާފައެވެ.

ޕީއެންސީއަށް ނިސްބަތް ކުރަށްވައި ވައްޑެ ވިދާޅުވީ، ޕީއެންސީގެ ތެރޭގައި އެފަދަ ކޯޅުމެއް ނުފެންނަނީ އެއީ ވަޔަކުން ލައްގާފައި އޮތް "ބޮޑު މުޅަ މަސްގަނޑެއް" ފަދަ އެއްޗަކަށް ވާތީ ކަމަށެވެ. އަދި ޕީއެންސީގައި އެއްވެސް ކަހަލަ ސިޔާސީ ވިންދެއް ނުވަތަ ދިރުމެއް ނުހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ އެތެރޭގެ މަސްރަހު މިހާ ބޮޑަށް ހޫނުވެފައިވަނީ، ދާދިފަހުން ބޭއްވި ކައުންސިލް އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަދެއްކެވުމަށް ދީފައިވާ ފުރުސަތު ފަހުވަގުތު ކެންސަލް ކުރުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގެ ބޭފުޅުންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ޕާޓީގެ ވަގުތީ ޗެއަރޕާސަން ޣަފޫރުގެ އިސްތިއުފާއަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ޕީއެންސީން މި ފާޑުކިޔުންތަކަށް އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެމްޑީޕީގެ އެތެރޭގެ މައްސަލަތަކުގެ ސަބަބުން އެ ޕާޓީ އަނެއްކާވެސް ބައިބައިވަމުންދާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު