އެމްޑީޕީގެ އާންމު މެންބަރުން މާޔޫސްވާ ގޮތަށް ޕާޓީގެ ލީޑަރޝިޕުން ކަންކަން ކުރާނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ދަތި ކަމަކަށް ވާނެ ކަމަށް އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު ޢަލީ ނިޒާރު ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މާލޭގައި ރޭ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ އިންތިޚާބީ ނިޒާރު ވިދާޅުވީ، 2028 ވަނަ އަހަރުގެ އުންމީދު އާންމު މެންބަރުންނަށް ދިން ނަމަވެސް، އެކަން ހާސިލުކުރެވޭނީ ޕާޓީގެ އެތެރޭގެ އެކުވެރިކަމާއެކު ކުރެވޭ މަސައްކަތުން ކަމަށެވެ. ޚާއްސަކޮށް ލީޑަރޝިޕުން ރައްޔިތުންނަށްޓަކައި އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދޭންޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެމްޑީޕީގެ އާންމު މެންބަރުންގެ އުންމީދާ ގާތަށް ދަތުރު ކުރާއިރު އެކުވެރިކަމާއެކު މިކަން ކުރަންޖެހޭނީ. މެންބަރުން މާޔޫސްވާ ގޮތަށް ކަންކަން ކޮށްގެން މިކަމެއް ނުކުރެވޭނެ،" ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ނިޒާރު ވަނީ ނިމިދިޔަ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ލީޑަރޝިޕުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެެވެ. އެގޮތުން ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ޗެއާޕާސަން ފައްޔާޒް އިސްމާއިލް އައްޑޫ ސިޓީއަށް ވަގުތު ދެއްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ކުރެއްވި މަސައްކަތްޕުޅަކީ އެކުވެރިކަމުގެ ނަމޫނާއެއް ކަމަށް އިންތިޚާބީ މޭޔަރު ސިފަކުރެއްވިއެވެ.
"މި މަސައްކަތް އެބޭފުޅުން ވަކިން ގޮސް ކޮށްދީ ރައްޔިތުން ގާތަށް ވަޑައިގެން އަޅުގަނޑުމެންނަށް ވޯޓު ދޭށޭ ބުނެގެން މިކަން ހިނގާދިޔައީ. މިއީ އެކުވެރިކަމަކީ،" ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ، މިއަށްވުރެ ބޮޑު އިތުބާރަކާއި އުންމީދެއް ލީޑަރޝިޕުން ދައްކައިފިނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ރާއްޖޭގެ މުސްތަގުބަލާއި، އަތޮޅުތަކުގެ ތަރައްގީ އަދި ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަކޮށްދެވޭނެ ހަމައެކަނި ފިކުރަކީ އެމްޑީޕީގެ "ރީނދޫ ފިކުރު" ނުވަތަ ހަމަހަމަކަމުގެ ފިކުރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫގެ އިންތިޚާބީ މޭޔަރު ނިޒާރު މިހެން ވިދާޅުވެފައިވާއިރު ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާއިން އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައެއް ނުގަންނަވައެެވެ. އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު އެމަނިކުފާނަށް ދީފައިނުވާތީ، ޕާޓީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، މަސްރަޙު ވަނީ ނުތަނަވަސްވެފައެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އުފާވެރި މުނާސަބަތަކަށް ވީ ނަމަވެސް، މި ހާދިސާގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު