މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ހިމެނޭ މެނިފެސްޓޯ ތަންފީޒުކުރުމަށް ސަރުކާރުން ހުރަސް އަޅައި، އެ ފުރުސަތު ނުދީފިނަމަ، އެކަމާ ދެކޮޅަށް ރައްޔިތުންނާއެކު މަގުމައްޗަށް ނިކުންނަވާނޭ ކަމަށެވެ.
މިމަހުގެ 4 ވަނަ ދުވަހު ބޭއްވި 3 އިންތިހާބުން އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެޕާޓީން ރޭ ކުރިއަށްގެންދިޔަ ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ކައުންސިލުން ކުރަން ބޭނުންވާ ތަރައްގީގެ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ސަރުކާރަށް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.
އަދި ކައުންސިލުގެ ކަންކަމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭނަމަ، އިހުތިޖާޖުކުރުމަށް ފަސްނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ އާސަންދަ ފަދަ ޒަރޫރީ ޚިދުމަތްތަކަށްވުރެ ބޮޑަށް، ސިޔާސީ މަގާމުތައް އުފެއްދުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި، ނަމަވެސް އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔައީ ރައްޔިތުން އެކަން ބަލައިނުގަތް މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވަމުން އާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީއާއެކު ދެން ފެންނާނީ ކޮރަޕްޝަން ފުހެލައި، ރައްޔިތުންނަށް ދެފުށް ފެންނަ ޚިދުމަތްތަކެއް ދޭ ތަން ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު