ލޫކަސް
ލޫކަސް
ފާހަގަކޮށްލެވޭ އެކްޓިވިސްޓް އަދި ސިޔާސީ ކަންކަމަށް ފާޑުކިޔާ ލޫކަސް ޖަލީލު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ވަރުގަދަ ވާހަކަތަކެއް ދައްކައިފިއެވެ.

ލޫކަސް ބުނި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އައުމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) އިސް ދައުރެއް އަދާކުރި ކަމަށް ބުނާ ބުނުމަށް ބާރުދެމުން، މުޢިއްޒު ވެރިކަމުން ބޭލޭނީވެސް ނަޝީދުގެ ސަބަބުން ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.





ނަމަވެސް އަސްލު މައްސަލައަކީ ވަކި ބޭފުޅަކު ވެރިކަމަށް އައުން ނޫން ކަމަށާއި، މައްސަލައަކީ ވެރިކަން ކުރަމުންދާ ގޮތް ކަމަށް އޭނާ ބުންޏެވެ.

ރައީސް ސާލިހުގެ ސަރުކާރަށް އިޝާރަތްކުރައްވާ ރައްޔިތުން "ނޫނެކޭ" ބުނީ ވެރިކަން ކުރާ އުސޫލުތަކަށް ކަމަށް ބުނަމުން، ލޫކަސް އިތުރަށް ބުނީ އިންސާފުވެސް ނުލިބުނު، ބޮޑެތި ބަދަލުތަކެއްވެސް ނުގެނެވުނު، ވައްކަން ނުބެލުނު، ކޮރަޕްޝަން އިންތިހާއަށް އޮތް އެމްޑީޕީ ވެރިކަން ދަމަހައްޓަން ޖެހޭ ސަބަބެއް ވެސް އޭރު ނެތް ކަމަށެވެ.

"މި ވާހަކަތައް ނަގަ ނަގައިގެން ދެއްކީމަ ކުރިއަށް ނުދާނެ " ލޫކަސް ވިދާޅުވިއެވެ.

މިއީ މިއަދުގެ ސިޔާސީ ހަގީގަތް ކަމަށް އޭނާ ސިފަކުރިއެވެ. މި ޕޯސްޓާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ވާހަކަތަކަށް ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު