ހުޅުމާލެ ފޭސް 1 ގައި ހުންނަ ހުރަވީ ސްކޫލް ހޯލުގައި ބަހައްޓާފައި ހުރި ގއ. ކޮލަމާފުށީގެ ވޯޓު ފޮއްޓަކުން ދެ ވޯޓު ކަރުދާސް މަދުވި މައްސަލައެއް ފެންމަތިވެ، އެކަމުގެ ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެ ފޮށީގެ ވޯޓުލުން ނިމުމަށްފަހު އާންމުކުރި ނަތީޖާ ޝީޓުންނެވެ.
"ރަސް" އަށް ލިބިފައިވާ އެ ފޮށީގެ ނަތީޖާ ޝީޓުގައިވާ ގޮތުން، ޖުމްލަ ވޯޓުލާފައިވަނީ 103 މީހުންނެވެ. ނަމަވެސް، ފޮށި ގުނިއިރު އޭގެ ތެރެއިން ސައްހަ ވޯޓުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ 100 ވޯޓެވެ. އަދި ބާތިލު ވޯޓުގެ ގޮތުގައި ގުނިފައިވަނީ އެންމެ ވޯޓެކެވެ. އެހެންކަމުން، ވޯޓުލީ މީހުންގެ އަދަދާއި ފޮށިން ފެނުނު ކަރުދާހުގެ އަދަދަށް ބަލާއިރު، ދެ ވޯޓު ކަރުދާހެއް ވަނީ އެ ފޮށިން މަދުވެފައެވެ.

ވޯޓުލީ މީހުންގެ އަދަދާއި ފޮށިން ފެނުނު ކަރުދާހުގެ އަދަދު ދިމާނުވުމަކީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު