މަސްޖިދުލް އަޤްޞާ ޙިޞާރުކޮށް ބަންދުކޮށްފައި އޮންނަތާ 40 ދުވަސް ފުރެން ގާތްވެފައިވާއިރު، އިސްލާމީ އުންމަތުގެ ދިފާއުގައި އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރަމުންދާ އީރާނުން އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތަކާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ.
މަސްދަރުތަކުން ބުނާގޮތުގައި، ސަރަހައްދީ ހަމަނުޖެހުންތައް ހުއްޓާލުމަށްޓަކައި އީރާނާއި އެމެރިކާއާ ދެމެދު ބަދަލުކުރެވުނު ޝަރުތުތަކުގެ ތެރޭގައި، މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމަށްވާ އަޤްޞާ މިސްކިތުގެ ވާހަކަ އެއްވެސް މިންވަރަކަށް ހިމަނާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ސަބަބަކީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން އަޤްޞާ މިސްކިތް ބަންދުކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އެތަނަށް ވަނުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި އެ މިސްކިތުގެ މިނިވަންކަމާ ގުޅޭ އެއްވެސް ވާހަކައެއް ނެތުމަކީ މުސްލިމުންނަށް ލިބުނު ދެރައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭތީއެވެ.
މި ހުށަހެޅުންތަކުގެ ސަބަބުން އީރާނުން ކުރަމުންދާ ހަނގުރާމައިގެ އަސްލު މަގްސަދާމެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އަޤްޞާގެ ނަންވެސް ހިމަނާފައިނުވާ މި ޝަރުތުތަކުގެ ސަބަބުން، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އިތުރު ފުރުސަތެއް ލިބިގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
އަދި ބައިނަލްއަގުވާމީ މައިދާނުގައި މުސްލިމުންގެ ހައްގުތަކަށް ވަކާލާތުކުރާ ގައުމުތަކުން މިފަދަ ނިންމުންތަކެއް ނިންމުމަކީ އިސްލާމީ އުންމަތަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު