ހުޅުމާލެ ފޭސް 1 ގައި ހުންނަ ހުރަވީ ސްކޫލް ހޯލުގައި ބަހައްޓާފައި ހުރި ގއ. ކޮލަމާފުށީގެ ވޯޓު ފޮއްޓަކުން ދެ ވޯޓު ކަރުދާސް މަދުވި މައްސަލައެއް ފެންމަތިވެ، އެކަމުގެ ޝަކުވާ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އެ ފޮށީގެ ވޯޓުލުން ނިމުމަށްފަހު އާންމުކުރި ނަތީޖާ ޝީޓުން ކަރުދާހުގެ އަދަދުތަކުގައި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
އެ ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޖުމްލަ 103 މީހުން ވޯޓުލާފައިވީ ނަމަވެސް، ފޮށި ގުނިއިރު ފެނިފައިވަނީ ސައްހަ 100 ވޯޓާއި ބާތިލު އެންމެ ވޯޓެކެވެ. އެހެންކަމުން، ވޯޓުލީ މީހުންގެ އަދަދަށްވުރެ ދެ ވޯޓު ކަރުދާސް މަދުކަން ނަތީޖާ ޝީޓުން ސާފުކޮށް ފެންނަން އޮތުމުން، ގިނަ ބަޔަކު ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ފަރަގަކީ އިންތިޚާބުގެ ސައްހަކަމާއި ނަތީޖާއަށް އަސަރުކޮށްފާނެ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ ޝަކުވާ ބަލައިގަތްކަމުގެ ލިޔުން މިއަދު ދޫކުރާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު