ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުގެ ނިސްބަތް 5 އިންސައްތައަށް ކުޑަކޮށްފިއެވެ.
މިއީ ކުރިން އަމިއްލަ އަށް ޚަރަދުކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މި އާ ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ ބޭންކުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.
"އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް މިވަނީ ނައްތާލެވިފައި. މީގެ ސަބަބުން ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭނެ ލުއި ހާމަކޮށްދެއްވަމުން ޝަރީފް އިތުރަށް ވިދާޅުވީ، މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ އަތުން ޚަރަދުކުރަން ޖެހުނު ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ބޭންކު ފައިނޭންސިންގއަށް އެދެވޭނެ ކަމަށެވެ. މިއީ ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، 3 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއުތަކަށް ފައިނޭންސިންގ ދޫކުރާނީ ކުރިއެކޭވެސް އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއާއެކުގައެވެ. ނަމަވެސް، 9 އިންސައްތައިގެ އިންޓްރެސްޓް ރޭޓާއެކު ބީއެމްއެލް އަކީ މިހާރުވެސް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ހައުސިންގ ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ.
މީގެ އިތުރުން، ބޭންކުން ވަނީ 2025 ވަނަ އަހަރުގެ ތެރޭގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް 5 އިންސައްތައަށް ކުޑަކުރުމަށް ނިންމާފައެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާވެސް ގިނަ ރައްޔިތުންނަށް ފަހިކޮށްދީ، ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު