އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކައުންސިލް އިންތިޚާބަށް ކުރެއްވި މަސައްކަތްޕުޅު އާންމު މެންބަރުން ބަލައިގަންނާތީ، އެކަން ހަޖަމް ނުވާ ބަޔަކު ޕާޓީގެ އެތެރޭގައި ތިބެގެން މަސްލަހަތު ނަގާލަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު (އިބުރޭ) ތުހުމަތު ކުރަށްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށްފަހު، ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ، އިބުރޭ ހިމެނޭހެން އިސް ބައެއް މަގާމުތަކުން މެންބަރުން ވަކިކުރުމާ ގުޅިގެން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އިބުރޭ ވިދާޅުވީ، އިންތިޚާބުގެ ކާމިޔާބީއަކީ މުޅި ޕާޓީގެ މަސައްކަތް ނަމަވެސް، ރައީސް ނަޝީދަށް އާންމުން ދޭ ތަރުހީބުގެ ސަބަބުން ލީޑާޝިޕްގެ ބައެއް ބޭފުޅުންނަށް އުނދަގޫވަމުންދާ ކަމަށެވެ.
"ތިބޭފުޅުންނަށް އިނގޭނެ ވަރަށް ބޮޑަށް ޖަލްސާ ހިނގަމުން ދިޔައިރު އެކިއެކި ބޭފުޅުންގެ ނަންތައް އަރާ ބޭފުޅުން ވިދާޅުވާއިރު، ރައީސް ނަޝީދަށް އެތަނުން ލިބެމުން ދިޔަ ތަރުހީބު." އިބުރޭ ވިދާޅުވިއެވެ.
އިބުރޭ ތުހުމަތުވީ، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން މީހުން މަގާމުތަކުން ވަކިކުރަމުން ދަނީ "މިލިޓަރީ އުސޫލުން" ހުދުމުހުތާރުކޮށް ކަމަށެވެ. އޭނާ ޑެޕިއުޓީ ޗެއާޕާސަންކަމުން ވަކިކުރި ކަމުގެ ސިޓީއެއް ފޮނުވި ނަމަވެސް، އެއީ 5 އަހަރުގެ ދައުރަކަށް އިންތިޚާބުވެފައިވާ މަގާމަކަށް ވާތީ، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް އިބުރޭ ވިދާޅުވިއެވެ. މީގެ އިތުރުން، ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވަކިކުރީވެސް، އިންތިޚާބީ މަގާމުތަކުން މީހުން ވަކިނުކުރެވޭނެ ކަމަށް ގާނޫނީ ލަފާ ދެއްވުމުން ކަމަށް އިބުރޭ ފާހަގަކުރެއްވިއެވެ.
"މިހާރު އެމްޑީޕީގައި އެއްވެސް ގަވައިދަކަށް އެއްޗަަކަށް ބެލުމެއް ނެތް، ވަރަށް ޚުދުމުހުތާރު މިލިޓަރީ އުސޫލެއް އެ ބޭނުން ކުރަށްވަނީ." އިބްރޭ ވިދާޅުވިއެވެ.
މި ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވީ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ކަމަށް އިޝާރާތް ކުރަށްވަމުން އިބުރޭ ވިދާޅުވީ، އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ އެޖެންޑާއިން ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލް އުނިކުރީވެސް ނުފޫޒެއްގެ ދަށުން ކަމަށެވެ. އަދި އެކަން އަންގާލާނެ ހިތްވަރުވެސް ޣަފޫރުގެ ކިބައިގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް އޭގެ ކްރެޑިޓް އާންމު ރައްޔިތުންގެ ތެރޭގައި ދޭތީ އެ ބޭފުޅުންނަށް މިކަން ހަޖަމް ނުވެގެން ހިނގާ ހަރަކާތްތަކެއް ކަމަށް ބޮޑަށް ފާހަގަވަނީ އިނގޭތޯ." އިބުރޭ ވިދާޅުވިއެވެ.
އޭގެއިތުރަށް އިބުރޭ ވިދާޅުވީ، އެމްޑީޕީއަކީ 20 އަހަރުގެ ތާރީޚެއް އޮތް ޕާޓީއަކަށް ވާއިރު، ވަކި ބަޔަކު ބޭނުންހާ ގޮތަކަށް ޕާޓީއާ ކުޅެން އާންމު މެންބަރުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މިފަދަ ބައިބައިވުންތަކުން ޕާޓީ ސަލާމަތްކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު