ރައީސް ޑޮނަލްޑް ޓްރަމްޕް
ރައީސް ޑޮނަލްޑް ޓްރަމްޕް
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ނުތަނަވަސްކަމާ ގުޅިގެން، އީރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި ވަގުތުން ވަގުތަށް ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

އީރާނުން މި ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފައިވަނީ އިސްރާއީލުން ލުބުނާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. މި މައްސަލައިގައި ކަނޑުއޮޅި ހުޅުވުމަށް ބާރުއަޅައި އދ. އަށް ހުށަހެޅި ރިޒޮލިއުޝަން، ރަޝިޔާ އަދި ޗައިނާއިން ވަނީ "ޑަބަލް ވީޓޯ" ކޮށްފައެވެ. އެ ދެ ގައުމުން ބުނެފައިވަނީ މި ރިޒޮލިއުޝަނަކީ އީރާނާ ދެކޮޅަށް ތައައްސަބު އޮތް އެއްޗެއް ކަމަށެވެ.

@aljazeeraenglish

Before Iran agreed to a US ceasefire, Russia and China had vetoed a UN resolution to reopen the Strait of Hormuz, describing it as biased against Iran. . The text, drafted by Bahrain, called for coordinated efforts to open up the waterway and condemned efforts to close it. 11 members of the Security Council voted in favour, with two abstensions from Pakistan and Cambodia.

♬ original sound - Al Jazeera English


އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ކުރިއަށްދާނަމަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން ވަކިވާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. އީރާނުގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިސްރާއީލަކީ ވައުދުތަކާ ހިލާފުވުމުގައި ނަން މަޝްހޫރު ބައެއް ކަމަށާއި، އެމީހުން އެއްބަސްވުމާ ހިލާފުވަމުންދާތީ އީރާނުން އެކަމުގެ އަދަބު ދޭނެ ކަމަށެވެ. އަދި "ވަޒަން ނޫން އެއްޗަކުން އެމީހުން ނުހުއްޓުވޭނެ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ޕީ.ބީ.އެސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، ލުބުނާނަކީ މި އެއްބަސްވުމުގެ ބައެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އީރާނުގެ އަސްކަރީ މަސްދަރަކުން ތަސްނީމް ނިއުސް އެޖެންސީއަށް ބުނެފައިވަނީ، ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށެވެ. އަދި މިހާރު ވެފައިވާ ދެ ހަފުތާގެ އެއްބަސްވުމުން ވަކިވުމާ މެދު ތެހެރާނުން ވިސްނަމުންދާ ކަމަށްވެސް އެ މަސްދަރުން ހާމަކުރެއެވެ.

ހޮރްމުޒް ކަނޑުއޮޅީގެ މަޝްރަހު މިހާރު އޮތްގޮތުން، އެ ސަރަހައްދުން ދަތުރުކުރާ ޓޭންކަރުތަކުގެ ދަތުރުފަތުރު ވަނީ މެދުކަނޑާލާފައެވެ. އެއްބަސްވުމުގައި ސޮއިކުރި ފަހުން އީރާނުން ދަތުރުކުރުމުގެ ހުއްދަ ދީފައިވަނީ އެންމެ ދެ ޓޭންކަރަށެވެ.

ލުބުނާނުގެ ރެޑް ކްރޮސްއިން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ބައިރޫތަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 100 މީހުން މަރުވެ، 200 މީހުން ވަނީ ޒަހަމްވެފައެވެ. މިއީ މުޅި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެގެން ގޮސްފައިވާ ދަނޑިވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު