މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާތައް ބަނދަރުން ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.
އެމްޕީއެލް އިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ބަނދަރުގައި ނުގެންގޮސް ގިނަ ދުވަސްވެފައި ހުރި މުދާތައް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ކްލިއަރ ކުރަންޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ، އެ ކުންފުނީގެ ގަވާއިދުގެ ދަށުން އެ ތަކެތި ނީލަން ކިޔާނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ.
މުދަލުގެ ވެރިފަރާތްތަކަށް އިއްޔެއިން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެމްޕީއެލް އިން ބުނީ ބަނދަރުގައި ހުރި މުދަލުގެ ތެރޭގައި އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަ، އެ މުދަލާމެދު ވަކި ގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށްވެސް އަންގާފައިވާނެ ކަމަށެވެ.
މީގެއިތުރުން، އެމްޕީއެލް އިން ބުނެފައިވަނީ އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ހުރިނަމަ، އެ ތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މުދާ ނައްތާލުމަށް ހިނގާ އެންމެހާ ޚަރަދުތައް މުދަލުގެ ވެރިފަރާތަށް ބިލްކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލް އިން މީގެ ކުރިންވެސް ވަނީ ބަނދަރުގައި ނުގެންގޮސް ގިނަ ދުވަސްވާ މުދާތައް ކްލިއަރ ކުރުމުގެ ގޮތުން ނީލަން ކިޔުމާއި ނައްތާލުމުގެ މަސައްކަތްތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސްފައެވެ.
މި ފިޔަވަޅަކީ ބަނދަރުގެ ޖާގަ އިތުރުކުރުމަށާއި، ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު