މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި، މިހާރުން މިހާރަށް މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުން އެމްޑީޕީއާ ހަވާލުކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޅ. ހިންނަވަރުގައި ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހު ވިދާޅުވީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ހަމައެކަނި އެ ޕާޓީއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން "ނޫނެކޭ" ބުނުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މި ސަރުކާރާ މެދު ހިތްހަމަނުޖެހިގެން، ސަރުކާރަށް ނޫނެކޭ ބުނުމުގެ ބޭނުމުގައި އެމްޑީޕީއަށް ވޯޓު ދިން އެތައް ބަޔަކު އެބަތިބި. އަޅުގަނޑުމެން މިކަން ހަނދާނުގައި ބަހައްޓަންވާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، ވެރިކަމަކީ ބުރަ އަދި ގޮންޖެހުންތައް ގިނަ މަސައްކަތެއްކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން ސޯލިހު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ އަޑުއަހަންޖެހޭ ކަމަށެވެ. އަދި ސަރުކާރު ހިނގާ މިސްރާބު ބަދަލުކޮށް، ކައުންސިލްތަކުގެ ހިފަހައްޓާފައިވާ ބާރުތައް ދޫކޮށްލަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި "ތަޅު އަޅުވާފައިވާ" ކަމަށް ތުހުމަތުކުރައްވައި، ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ދޫ ބަންދުކުރުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް މިހާރުން މިހާރަށް އަނބުރާ ގެންނަންޖެހޭ ކަމަށެވެ. މީގެއިތުރުން، ސަރުކާރުން ވަޒީފާތަކުން މީހުން ވަކިކުރަމުންދާ ދިއުމަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ވަޒީފާއިން މީހުން ކަނޑާކަށް ނޫން ކަމަށާއި، ބޭނުންވަނީ ރައީސް އިސްލާހުވެވަޑައިގަތުމަށް ކަމަށެވެ.
"މިނިވަން މުއައްސަސާތަކަށް ފުރުސަތު ދެއްވާ، ފަނޑިޔާރުގެއަށް ބާރު ނުފޯރުވާ. މިކަންކަން ރައްޔިތުން ގަބޫލެއް ނުކުރޭ. ކުރިއަށް އޮތް ދެ އަހަރާއި ބައިގައި ވެރިކަން ކުރަން ބޭނުންފުޅުނަމަ، މިކަންކަން އިސްލާހު ކުރައްވަންޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ލީޑަރުންގެ މިއަދުގެ އަމާޒަކަށް ވާންވީ މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފެށުން ކަމަށެވެ. އަދި ރައްޔިތުން އެމްޑީޕީއާ ހަވާލުކުރި މި ބޮޑު މަސައްކަތް ފެއިލްކޮށްލައިގެން ނުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު