އެމްޑީޕީގެ އާއްމު މެމްބަރުން ކުރި ބުރަ މަސައްކަތުން ހޯދި ކާމިޔާބީގެ އުފާފާޅުކުރުމަށް ބޭއްވި ޖަލްސާގެ މުޅި މަންޒަރު ލީޑަރުންގެ މެދުގައި އުފެދުނު ކޯޅުންތަކުގެ ސަބަބުން ހަޑިވެ، އެތައް ބަޔަކު މާޔޫސްވެފައިވާ ކަމަށް ބުނެ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ.
މޫސަ ވިދާޅުވީ، ޕާޓީގެ ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ބުނާއިރު، މިއީ ހަމައެކަނި ލީޑަރުންގެ ޕާޓީއެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އާއްމު މެމްބަރުންގެ ކުރިމަތީގައި ލީޑަރުން ހޭވި "ހަޑިއަށް" އެ މެމްބަރުންގެ ކިބައިން މާފަށް އެދޭނެތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
މީގެ އިތުރުން، އިންތިޚާބަކާ ނުލައި ކޮންމެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީ ހިންގުމުގެ ފުރިހަމަ ބާރު ދެނީތޯ އާއި، އެމްޑީޕީގައި ގޮތް ނިންމާ ބަޔަކީ ހަމައެކަނި ލީޑަރުންތޯ މޫސަ ސުވާލު އުފެއްދެވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އާއްމު މެމްބަރުންނަކީ އެއްދުވަހު ލީޑަރުންގެ އަމަލުތަކުން ކަރުނަ އަޅާފައި، އަނެއް ދުވަހު އެމީހުންގެ ކަރުގައި މާފަތި އަޅުވަން ތިބެންޖެހޭ ބައެއް ނޫނެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޕާޓީގެ ތެރޭގައި އުފެދޭ ރާޅުތަކުގެ ތެރެއިން އެމްޑީޕީ ހަތަރު ބަޔަކަށް ބައިވެގެން ނުދިޔުން އެއީ ނަސީބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޫސަގެ ވާހަކައިގައި އެންމެ ބޮޑަށް ބާރުއެޅުއްވީ ޕާޓީގެ ތެރޭގައި އޮތް ކަމަށް ތުހުމަތުކުރާ "ޚުދުމުޚުތާރު އާއިލީ ވެރިކަމުން" އެމްޑީޕީ ސަލާމަތްކުރުމަށެވެ.
އެގޮތުން، މީގެ ކުރިން ގައުމުގެ ވެރިކަން ކޮށްފައިވާ ބޭފުޅަކު ދެވަނަ އިންތިޚާބަކުން ބަލިވެފައިވާނަމަ، ދެން އެމްޑީޕީގެ ޓިކެޓުގައި އެ ބޭފުޅަކު ވާދަނުކުރާނެ ކަމަށް އިއުލާނު ކުރުމުން މެނުވީ، ލީޑަރުންގެ މެދުގައި ހަގީގީ އެއްބަސްވުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ޕާޓީގެ ލީޑަޝިޕަށް ވަރުގަދަ ގޮންޖެހުމެއް ކުރިމަތިކުރުވާފައެވެ.

އާއްމު މެމްބަރުނގެ ބުރަމަސައްކަތުން ހޯދި ކާމިޔާބީގެ އުފާފާޅުކުރުމގެ ޖަލްސާ ގައި ވެރިނގެ ކޯޅުމުގެ ސަބަބުން. މެމްބަރުގެ ހިތުގ ޖައްސާ
— Moosa Maniku (Reeko) (@ReekoMoosa) April 10, 2026
އަދި މުޅި މަންޒަރު ހަޑިކޮށްފަ. އެތައްބަޔަކު މާޔޫސް ކޮށްފަ. ލީޑަރުން ނަށް އެއްބަސްވެވިއްޖެއޭ ބުނާ އިރު. މީ ލީޑަރުނގެ… pic.twitter.com/W5RVrf9C04
މީގެ އިތުރުން، އިންތިޚާބަކާ ނުލައި ކޮންމެ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީ ހިންގުމުގެ ފުރިހަމަ ބާރު ދެނީތޯ އާއި، އެމްޑީޕީގައި ގޮތް ނިންމާ ބަޔަކީ ހަމައެކަނި ލީޑަރުންތޯ މޫސަ ސުވާލު އުފެއްދެވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އާއްމު މެމްބަރުންނަކީ އެއްދުވަހު ލީޑަރުންގެ އަމަލުތަކުން ކަރުނަ އަޅާފައި، އަނެއް ދުވަހު އެމީހުންގެ ކަރުގައި މާފަތި އަޅުވަން ތިބެންޖެހޭ ބައެއް ނޫނެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޕާޓީގެ ތެރޭގައި އުފެދޭ ރާޅުތަކުގެ ތެރެއިން އެމްޑީޕީ ހަތަރު ބަޔަކަށް ބައިވެގެން ނުދިޔުން އެއީ ނަސީބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޫސަގެ ވާހަކައިގައި އެންމެ ބޮޑަށް ބާރުއެޅުއްވީ ޕާޓީގެ ތެރޭގައި އޮތް ކަމަށް ތުހުމަތުކުރާ "ޚުދުމުޚުތާރު އާއިލީ ވެރިކަމުން" އެމްޑީޕީ ސަލާމަތްކުރުމަށެވެ.
އެގޮތުން، މީގެ ކުރިން ގައުމުގެ ވެރިކަން ކޮށްފައިވާ ބޭފުޅަކު ދެވަނަ އިންތިޚާބަކުން ބަލިވެފައިވާނަމަ، ދެން އެމްޑީޕީގެ ޓިކެޓުގައި އެ ބޭފުޅަކު ވާދަނުކުރާނެ ކަމަށް އިއުލާނު ކުރުމުން މެނުވީ، ލީޑަރުންގެ މެދުގައި ހަގީގީ އެއްބަސްވުމެއް އޮތް ކަމަށް ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ޕާޓީގެ ލީޑަޝިޕަށް ވަރުގަދަ ގޮންޖެހުމެއް ކުރިމަތިކުރުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު