މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި ބުރަ މަސައްކަތްޕުޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފައްޔާޒްގެ އިތުރުން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވެސް މަރުހަބާ ދަންނަވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ދިމާވެފައިވާ ހިޔާލުތަފާތުވުންތައް ނައްތާލުމަށް ފައްޔާޒް ކުރެއްވީ ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށެވެ. އަދި ޕާޓީގެ އިސް ލީޑަޝިޕުން މި ދައްކަވާ އެއްބައިވަންތަކަމަކީ ޕާޓީގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު އުންމީދެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރޭގެ ވަގުތެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލަތައް މިހާރު ހައްލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، ކުރިއަށް އޮތް ތަނުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ މާހައުލެއް މިހާރު ވަނީ ގާއިމުވެފައެވެ. މި ބަދަލާއެކު އެމްޑީޕީ އަލުން ވަރުގަދަ ސިޔާސީ ހަރަކާތްތަކަކަށް ތައްޔާރުވަމުންދާކަން ޕާޓީގެ އިސް ބޭފުޅުން ފާހަގަކުރައްވައެވެ.

@MDPSecretariat ge ethereyge khilaaf thah hamajehssevumah Fayyaz Ismail @faya_i kurehvi bura masahkathah shukuru dhannavan. Raees Solih @ibusolih aai Party ge Raees Abdulla Shahid @abdulla_shahid ah ves marhabaa dhannavan.
— Mohamed Nasheed (@MohamedNasheed) April 11, 2026
ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ދިމާވެފައިވާ ހިޔާލުތަފާތުވުންތައް ނައްތާލުމަށް ފައްޔާޒް ކުރެއްވީ ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށެވެ. އަދި ޕާޓީގެ އިސް ލީޑަޝިޕުން މި ދައްކަވާ އެއްބައިވަންތަކަމަކީ ޕާޓީގެ ކުރިމަގަށް ލިބުނު ވަރަށް ބޮޑު އުންމީދެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރޭގެ ވަގުތެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީޕީގެ އެތެރޭގެ މައްސަލަތައް މިހާރު ހައްލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، ކުރިއަށް އޮތް ތަނުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ މާހައުލެއް މިހާރު ވަނީ ގާއިމުވެފައެވެ. މި ބަދަލާއެކު އެމްޑީޕީ އަލުން ވަރުގަދަ ސިޔާސީ ހަރަކާތްތަކަކަށް ތައްޔާރުވަމުންދާކަން ޕާޓީގެ އިސް ބޭފުޅުން ފާހަގަކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލު