ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މިމަހު 6 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމުތަކަކާއި، މެހުމާންދާރީގެ ކަންކަމުގެ އިތުރުން ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު