ދިފާއީ އެއްބަސްވުމެއްގެ ދަށުން ޕާކިސްތާނުގެ ހަނގުރާމަމަތީ ބޯޓުތަކެއް ސައުދީ އަރަބިއްޔާއަށް ފޮނުވައިފި ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިންނެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފައިޓާ ޖެޓްތައް ސައުދީއަށް ފޮނުވާފައިވަނީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުމެއްގެ ދަށުން، ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ސައުދީ އަރަބިއްޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ ވައިގެ ސިފައިންގެ މި ބޯޓުތައް ސައުދީއަށް އައުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ އަސްކަރީ އެއްބާރުލުން އައު ހަރުފަތަކަށް ދިޔުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން، މި ފިޔަވަޅަކީ ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ބާރެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ސައުދީއަށް ފޮނުވި ޖެޓްތަކުގެ ސީދާ އަދަދެއް އަދި އެއީ ކޮން ބާވަތެއްގެ ބޯޓުތަކެއްކަން ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ޕާކިސްތާނާއި ސައުދީ އަރަބިއްޔާއަކީ އަސްކަރީ އަދި ދިފާއީ ދާއިރާއިން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ. މީގެ ކުރިންވެސް ޕާކިސްތާނުގެ އަސްކަރީ މުޝީރުންނާއި ސިފައިން ސައުދީ އަރަބިއްޔާގައި ތަމްރީނުތަކާއި ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ.
މިފަހަރުގެ މި ނިންމުމަކީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ސައުދީގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު