ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަން ހޯދުމަށް ކުރާ މަސައްކަތް
ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަން ހޯދުމަށް ކުރާ މަސައްކަތް
ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަން ހޯދުމަށް ކުރާ މަސައްކަތުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ގާނޫނީ އަދި ޑިޕްލޮމެޓިކް މަސައްކަތެއް ކުރާނެ ކަމަށް މޮރިޝަސްގެ ފޮރިން މިނިސްޓަރު ދަނަންޖޭ ރާމްފުލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އެމެރިކާގެ ރުހުން ނެތި އެ ރަށްތައް މޮރިޝަސްއާ ހަވާލުނުކުރަން އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ ނިންމުން ބަދަލުވީ، ޗާގޯސް ދޫކޮށްލުމަކީ ބޮޑު ގޯހެއް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން މިހާރު ބުނަމުންދަނީ އެއްބަސްވުން ކުރިއަށްދާނީ އެމެރިކާގެ ފުރިހަމަ ތާއީދު އޮވެގެން ކަމަށެވެ.

ރާއްޖޭއިން ވެސް ފޯޅަވަހީގެ މިލްކުވެރިކަން ހޯދުމަށް މަސަކަތް ކުރާއިރު މޮރިޝަސް އިން ގަބޫލުކުރާ ގޮތުގައި މިއީ އިންސާފާ ގުޅިފައިވާ ކަމަކަށް ވާއިރު، މި މަހުގެ ފަހުކޮޅު މި މައްސަލައިގައި އިތުރު މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު