ޔޫރޭނިއަމް
ޔޫރޭނިއަމް
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ކޮަންޓްރޯލް ދޫކޮށްލުމަށް އެ ގައުމުން ދެކޮޅު ހަދާފައިވާ ކަމަށް "އެކްސިއޯސް" ނޫހުން ރިޕޯޓްކޮށްފިއެވެ.

މި މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ޚިޔާލުތަފާތުވުމަކީ އީރާނުގެ އަތުގައި ހުރި ޔުރޭނިއަމްގެ ރައްކާކުރެވިފައިވާ މިންވަރު ދޫކޮށްލުމަށް އެ ގައުމުން އިންކާރު ކުރުމެވެ.

މީގެ އިތުރުން، މި މަޝްވަރާތަކުގެ ތެރޭގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ "ސްޓްރެއިޓް އޮފް ހޯރްމޫޒް" ނުވަތަ ހޯރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް ބޭނުންވާ ކަމަށް ބުނެ ޝަރުތުތަކެއް ކުރިމަތިކުރުވާފައެވެ.

މި ހުށަހެޅުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެ، އެއްބަސްވުމަކަށް އައުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު