ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް މެންބަރުގެ ގޮނޑި މިއަދު ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ.
ސޯބެ މިކަން ހާމަކުރެއްވީ، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލައަކީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދެއްކުމަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައެކެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރަށްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ވިސްނުމުގައި ކަމަށެވެ. އަދި ސިޔާސީ ގޮތުން އެ ހިދުމަތް ފުޅާކުރުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ޝައުގުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަބަދުވެސް ސިޔާސީ ކަންކަމުގައި އަޅުގަނޑަށް މި އުޅެވެނީ. އެހެންވެ، ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ ގޮތްތައް އަބަދުވެސް ބަލަމުންދާނެ. އެ އުސޫލުން މަޖިލިހަށް ވާދަކުރަން މި ޝައުގުވެރިވީ." އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ސޯބެ ވިދާޅުވިއެވެ.
ސޯބެއަކީ އައްޑޫ ސިޓީގެ މޭޔަރުކަން 2011 އިން 2021 އަށް، ޖުމްލަ 10 އަހަރު ދުވަހު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭގެ ފަހުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް އޭނާ ވަނީ ކުރަށްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާގޮތުން، މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު