މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ކްރައިސިސް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ދަތުރުގެ އެންމެހާ
ކަންތައްތަކެއް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިވާ ކަމަށެވެ. އެގޮތުން ޙައްޖުވެރިންގެ ވިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެކަމަޑޭޝަނާއި ފްލައިޓުތަކުގެ ތައްޔާރީތައް ވެސް ނިމިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ޙައްޖުވެރިންގެ އެންމެހާ ކަންތައްތަކެއްވެސް ވަނީ ވަރަށް ފުރިހަމައަށް ނިމިފައި. ވިސާވެސް ވަނީ މިހާރު އިޝޫ ކުރެވިފައި. އަދި އެކަމަޑޭޝަނާއި، އެހެނިހެންވެސް ތައްޔާރީތައް ފްލައިޓުގެ ދަތުރުތަކާ ހުރިހާ ކަމެއްވެސް ވަނީ އިންތިޒާމް ކުރެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިން ފުރަން ފަށާނީ އަންނަ މޭ މަހުގެ 15 ވަނަ ދުވަހުއެވެ.
ޙައްޖުވެރިން ގެންދިއުމަށް ހަމަޖެހިފައިވަނީ، މިދިޔަ އަހަރެކޭ އެއްފަދައިން، ސައުދީ އެއާލައިނާއި ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން ގުޅިގެންނެވެ. ދެ އެއާލައިނުން ވެސް ޙައްޖުވެރިންގެ 50 އިންސައްތަ ހަމަހަމައަށް ބަހާލައިގެން އުފުލާ ގޮތަށް ވަނީ ތަރުތީބުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު