ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން މިހާރުގެ ސަރުކާރުގެ "ވަކިތަކުން" މިންޖުވާން ބޭނުންވެފައިވާ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ ނާއިބް ރައީސް އަދި މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ވަރަށް ގިނަ މެންބަރުންނާ މިއަދު ބައްދަލުވެ މަޝްވަރާ ކުރެވުނު ކަމަށާއި، އެ ބޭފުޅުންގެ ވިސްނުން ހުރީ ވީހާވެސް އަވަހަކަށް މި ސަރުކާރުން ސަލާމަތްވާނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ.
އައްބާސް ވިދާޅުވީ މަޖިލީހުގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވާހާ ގޮތަކަށް ދެން އަމަލު ނުކުރައްވާނެ ކަމަށާއި، ސަރުކާރުގެ ކުރިމަތީގައި ފާޅުގައި ބަސް ބުނާނެ ކަމަށް ބައެއް މެންބަރުން ހާމަކުރި ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާ ބިލުތަކަށް ދެން ވޯޓު ނުދެއްވާނެ ކަމުގެ އިންޒާރުވެސް ބައެއް މެންބަރުން ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް، އޭރު ފުންކޮށް ވިސްނާނުލާ ވޯޓު ދެވުނީތީ ގިނަ މެންބަރުން މިއަދު ހިތާމަކުރައްވާ ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން ސްޕްރީމް ކޯޓުން ރަނގަޅު ހުކުމެއް އަންނާނެ ކަމަށް މެންބަރުން އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވި ގޮތުގައި، ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ފަލާހު މަސައްކަތް ކުރެއްވި ނަމަވެސް، އެކަމަށް މެންބަރުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އަދި މިހާރު މިތިބަ ގޮތަށް ތިބެއްޖެ ނަމަ، ޕީއެންސީގެ އެއްވެސް މެންބަރަކަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމުގެ ބިރު މެންބަރުންގެ އެބައޮތް ކަމަށް އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ތެރޭގައި އޮތް ނުތަނަވަސްކަމާ ގުޅޭގޮތުން އައްބާސް ވިދާޅުވީ، ނިމިދިޔަ ލޯކަލް އިންތިޚާބަށްފަހު ސަރުކާރު އެއްކޮށް ރޫޅިފައިވާ ކަމަށް މެންބަރުން ގަބޫލުކުރާ ކަމަށެވެ. ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް ރައީސް ޑރ. މުއިއްޒު ހުރިހާ ބާރެއް ދެއްވައިގެން ކުންފުނިތައް މެދުވެރިކޮށް ހިންގި "ޖަރީމާތަކުގެ" ހިތި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް މެންބަރުން ވިދާޅުވި ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަމިއްލަ ގޮތުން ހޮވުނު މެންބަރުން ޕީއެންސީއަށް ސޮއިކުރުވީ ބޮޑެތި އަދަދުތަކުން ފައިސާ ދޭނެ ކަމަށް ބުނެ ކަމަށާއި، ނަމަވެސް ގިނަ މެންބަރުންނަށް އަދިވެސް އެ ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެބޭފުޅުން ކުރެއްވި ކަމަށް އައްބާސް ވިދާޅުވިއެވެ. ސަރުކާރުގެ ހުރިހާ މަންފާއެއް ލިބެނީ ޕީޖީ ލީޑަރު ފަލާހާއި އިތުރު މަދު މެންބަރުންތަކަކަށް ކަމަށާއި، ދެން ތިއްބެވި މެންބަރުން ތިއްބެވީ ނިކަމެތިކޮށްލާފައި ކަމަށްވެސް އެ ބޭފުޅުން ވިދާޅުވި ކަމަށް އައްބާސް ހާމަކުރެއްވިއެވެ.
"ދޮގުބުނުމާއި އޮޅުވާލުން ހައްދުން ނައްޓައިފި ކަމަށާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންނާ މެދު މިހާ ނިކަމެތިކޮށް ދެކުނު ސަރުކާރެއް އަދި ނުދެކޭ ކަމަށް މެންބަރުން ވިދާޅުވި،" އައްބާސްގެ ޕޯސްޓުގައިވެއެވެ.
އައްބާސް ވިދާޅުވީ ޕީޖީ ލީޑަރު ފަލާހާއި މެންބަރު ޝުޖާއު ދައްކަވާ ވާހަކަތައް ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށާއި، އެކަމުގެ ޖަވާބު ރައްޔިތުން ވަނީ "ނޫނެކޭ" ބުނެ ވަރަށް ސާފުކޮށް ދީފައި ކަމަށް މެންބަރުން ގަބޫލުކުރާ ކަމަށެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ސިޔާސީ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. މިގޮތުން، ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރަމުންދާއިރު، ބައެއް ބޭފުޅުން އަންނަނީ ސަރުކާރުން އަންގަވައިގެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވަމުންނެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަކާ ގުޅިގެން، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ޙުކުމްކޮށްފައެވެ. މި ނިންމުމާއެކު މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު މަދުވެ، އަނެއްކާވެސް ބަައި އިލެކްޝަނަކަށް ދާންޖެހި ސަރުކާރު ހިންގާ ޕާޓީއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު