މިއަދު ހެނދުނު އިރުމަތީ ގަޑިން 10:00 އިން ފެށިގެން އީރާނުގެ ބަނދަރުތަކަށް ވަދެ ނިކުމެވާ އުޅަނދުފަހަރު އެމެރިކާގެ ސިފައިން ހުއްޓުވަން ފަށާނެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އިއުލާންކޮށްފިއެވެ.
މި ނިންމުމަކީ އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ ސުލްހައިގެ ވާހަކަތައް އެއްބަސްވުމަކާ ނުލައި ނިމުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ގަރާރަކަށް އަމަލުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ސެންޓްކޮމްއިން ހާމަކުރި ގޮތުގައި، މި ބްލޮކޭޑް ނުވަތަ ބަންދުކުރުން ކުރިއަށްދާނީ ވަކި ގައުމަކަށް ބެލުމެއް ނެތި، އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދަކަށް އަމާޒުކޮށްގެންނެވެ.
މި އޮޕަރޭޝަން މައިގަނޑު ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވަނީ އަރަބި ކަނޑާއި އޮމާން ކަނޑުގެ ސަރަހައްދުގައި ހުރި އީރާނުގެ ބަނދަރުތަކުގައެވެ. ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ނުދާ އަދި އެހެން ގައުމުތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
މި ފިޔަވަޅާއެކު މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވެ، ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ލަފާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު