މިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރީ އެއްވެސް ޕްލޭނެއް ނެތި، އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ނަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އައިފާން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އައިފާން ފާހަގަކުރެއްވީ، ނިމިދިޔަ މަޖިލީހުގައި އެމްޑީޕީން ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ ވަރަށް ބޮޑަށް އަވަސްއަރުވާލައިގެން، ގާނޫނާ ހިލާފު ކަންތައްތަކެއް ހިމެނޭ ގޮތަށް ކަމަށެވެ.
އައިފާން ވިދާޅުވި ގޮތުގައި ބިމާ ބެހޭ ގާނޫނުގައި ބަންޑާރަ ބިން ދޫކުރާނެ ސާފު އުސޫލުތަކެއް އޮތް ނަމަވެސް، މިދިޔަ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ޒިންމާދާރުކަން ކުޑަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.
ހާއްސަކޮށް، ހުޅުމާލޭ ފޭސް 3، ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ދޫކުރިއިރު، އެއްވެސް ޕްލޭނެއް ނެތި ސީދާ ކަނޑުންނާއި ފަޅުން ގޯތި ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. "ރައްޔިތުންނަށް ގޯތި ދީފީމޭ ބުނެ، ގެވަޅު އޮންނާނީ ކަނޑުގެ މެދުގައި ކަމަށް ބުނެ އޮޅުވާލީ،" އައިފާން ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީއަކީ އެއްވެސް އިރެއްގައި މާލޭ ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތް ކުރި ބައެއް ނޫން ކަމަށާއި، އެ ޕާޓީން އަމަލުކުރި އުސޫލުތަކުން އެކަން ވަރަށް ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ވީ ވައުދުތަކާ އެއްގޮތަށް، އެ ހުވަފެންތަކުގައި ކުލަޖައްސަވައިދެއްވަމުން ކަމަށް ވިދާޅުވެ އައިފާން ވަނީ މިހާރުގެ ސަރުކާރަށް ތައުރީފު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު