ޗާގޯސް ޖަޒީރާ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އެކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، މިއީ ރާއްޖޭގެ މުހިންމު މަސްލަހަތުތައް ހިމެނޭ ގޮތަށް މި މައްސަލައިގައި އަލުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފެށުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ޗާގޯސްގެ މުސްތަގުބަލާ ގުޅޭގޮތުން ރާއްޖޭގެ "ޝަރުއީ މަސްލަހަތެއް" އެބައޮތް ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ، ޗާގޯސް ޖަޒީރާތައް ރާއްޖެއާ ޖިއޮގްރަފީ ގޮތުން ކައިރިވުމާއި، އިންޑިއާ ކަނޑުގެ އިސްތިރާތީޖީ ސަލާމަތަށްޓަކައި އެ ސަރަހައްދުގެ މުހިންމުކަން ރާއްޖެއަށް ބޮޑުކަމަށެވެ. އަދި އިނގިރޭސިންގެ މި ނިންމުމަކީ ސަރުކާރުގެ ހަރުދަނާ ޚާރިޖީ ސިޔާސަތާ އެއްގޮތް ނިންމުމެއްކަން ސަރުކާރުން ފާހަގަކުރެއެވެ. ރައީސް މުޢިއްޒު އަބަދުވެސް ވަކާލާތު ކުރަށްވަނީ ޗާގޯސްއާ މެދު ނިންމާ ކޮންމެ ނިންމުމެއްގައި ރާއްޖޭގެ ސިޔާދަތީ މަސްލަހަތާއި ސަލާމަތީ ކަންބޮޑުވުންތަކަށް ފުރިހަމައަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.
އަދި ވަކި ގައުމަކުން އެކަނި ނިންމާ ނިންމުމެއްގެ ސަބަބުން ސަރަހައްދީ ހަމަޖެހުމާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މި މައްސަލައިގައި ރާއްޖެއިން ވަނީ އިނގިރޭސިވިލާތަށް މުހިންމު ކަންތައްތަކަކަށް އިލްތިމާސްކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކުރާ، އިންސާފުވެރި އަދި ހަމަހަމަ ނަތީޖާއެއް ހޯދުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމާއި، ސަރަހައްދީ ހަމަޖެހުމާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
ޗާގޯސްގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދިގުލީ ދެބަސްވުމެއް ނަމަވެސް، ފަހަކަށް އައިސް ރާއްޖެއިން ދަނީ މި މައްސަލައިގައި އަޑުއުފުލަމުންނެވެ. ދިވެހި ސަރުކާރުން ވަނީ މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކާއެކު ބިނާކުރަނިވި ގޮތެއްގައި މަސައްކަތްކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ރާއްޖޭގެ ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަދަ ދާއިމީ ހައްލެއް މިކަމުގައި ހޯދުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު