އެޕިސޯޑް 01
................
އެކަނިވާ ކޮންމެ ވަގުތަކުވެސް ރީޙާނަށް ކުރެވެނީ އެއް ޚިޔާލުތަކެކެވެ. ވިސްނުން ދަތުރުކުރަމުންދަނީ އެއް މިޞްރާބަކަށެވެ. އޭނާގެ ހިތަށްއަރައެވެ. މަދްރަސީ ދައުރުވެސް ނިމެނީއެވެ. ދުވަސްކޮޅަކުން މަދްރަސާ ތެރެއިން ނަޝްވާ ފެންނަ ފެނުންވެސް މާޒީއާ އެކުވެދާނެއެވެ. ހިތުގެ ގޮވުމުގެ އަޑު ނަޝްވާއަށް އިއްވުމަށް މިހާރު ހިތްވަރު ހޯދަން ވެއްޖެއެވެ. އެހެން ނޫނީ، ތެޔޮނާށި ކާޅުޖަހައިގެން ގެންގޮސްފާނެއެވެ. އަނެއްކާ ނަޝްވާގެ ޙަޔާތުގެ ބައިވެރިޔަކު ހުރޭބާއެވެ؟ ނޫނެކެވެ. އަދި ނަޝްވާ އެފަދަ ވިސްނުމެއް ނުގެންގުޅޭނެއެވެ. ނަޝްވާގެ ޙަޔާތުގެ ބައިވެރިޔަކަށްވާނީ ރީޙާން މަޖީދެވެ.
ނަޝްވާއާއި ރީޙާނަކީވެސް ސ. ހިތަދޫ މުޙިއްބުއްދީން ސްކޫލްގައި ތަޢުލީމް ހާޞިލް ކުރަމުންދާ ދެ ދަރިވަރުންނެވެ. ހިނގަމުންދާ އަހަރަކީ އެދެކުދިންގެވެސް ފަހު އަހަރެވެ. ނަޝްވާއާއި ރީޙާންވެސް ތަޢުލީމް ޙާޞިލް ކުރަމުންދަނީ ބާރަވަނަ ކްލާހުގައެވެ. ވުމާއެކު، އަހަރު ނިމުމަށްފަހު، ރީޙާނަށް ނަޝްވާއާ ދިމާވާކަށް، މާ ފަސޭހައެއް ނުވާނެއެވެ.
ރީޙާނަކީ އައްޑުއަތޮޅު ހިތަދޫ ކުއްޖަކަށްވިޔަސް، ނަޝްވާއަކީ އެ އަތޮޅު ފޭދޫ ކުއްޖެކެވެ.
[ތިހާ ފިނޑިވެގެން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެ. ނަޝްވާގެ ކުރިމައްޗަށް އަރާފައި، ތި ހިތުގެ ގޮވުންތައް އިއްވާލަބަލަ.] ރީޙާނުގެ ޟަމީރު ރީޙާނަށް މަލާމާތް ކުރިއެވެ. ރީޙާން ދެއަތަކަށް ބޯހޫރާލިއެވެ.
[އަހަރެން މާދަމާ ނަޝްވާޔާ ވާހަކަ ދައްކާނަން....ލަދަކާހުރެ ތަދެއް ނުފިލާނެ...ނަޝްވާ އަހަރެން ލަދުގަންނަވާލިޔަސް ވަރިހަމަ....] ރީޙާން ހިތާހިތާ ވާހަކަ ދައްކަމުން ގޮސް، އެގެޔާ ދިމާ ލިންކް ރޯޑް ހުރަސްކޮށް އަތިރިޔަށް ފޭބިއެވެ. އެގެޔަކީ ހިތަދޫގެ އެންމެކޮޅު (ލިންކް ރޯޑް ލަނބާލާ) ސަރަޙައްދުގައި ހުންނަ ގެއެކެވެ. ވުމާއެކު، ކޮންމެ ދުވަހަކުވެސް އިރިފުސްމެ (އިރާކޮޅު) ހިތްއުފާ ކޮށްލުމަށްޓަކައި ރީޙާން އެތަނަށް ނިކުމެ ހުރެއެވެ. އެތާނގައި ފެތި ހަލާކުވެފައި ހުންނަ ބޯޓްފަހަރަށް ބައެއް ދުވަސް ދުވަހު އަރައި، ރައްޓެހި ކުދިންނާއެކު ކުޅެންވެސް އުޅެއެވެ. އެ ސަރަޙައްދުގެ މޫދަކީ ވަރަށް ބޮޑަށް ކިސަޑުވެ ތަޣައްޔަރުވެފައިވާ މޫދަކަށްވުމުން، އެއްވެސް ކުދިބަޔަކު އެހިސާބު މޫދަށް އެރިއެއް ނޫޅެއެވެ. ފެތިފައި ހުންނަ އުޅަނދުތަކަށް ދޭތެރެ ދޭތެރެއިން އެރިޔަސް އެއީ ޢާންމު ކަމެއް ނޫނެވެ.
ރީޙާނަކީ ވަރަށް ކުޑައިރުއްސުރެވެސް ޤުދްރަތީ މަންޒަރުން ހިތްހަމަޖެހުން ހޯދުމުގެ ޝައުޤު ހުންނަ ކުއްޖެކެވެ. ކޮންމެ ރެއެއްގެ އިރާކޮޅުގެ ވަގުތު އިރުއޮއްސިގެންދާ މަންޒަރާއި، އިރުއޮއްސި އަނދިރިވެފައިވާ ދުނިޔެމައްޗަށް އާޓިފިޝަލް ދިއްލުންތަކުން އަންނަ ބަދަލުތައް ބެލުމަކީ، އޭނާގެ އާދައެކެވެ. ވަރަށްބޮޑު ޝައުޤެކެވެ. ބައެއް ރޭރޭ އޭނާ އެގެޔާ މާދުރު ސަރަޙައްދުތަކަށްވެސް ދެއެވެ. ޤުދްރަތީ ބައެއް މަންޒަރުތައް އޭނާ ފޮޓޯވެސް ނަގައެވެ.
[ދަރިފުޅާ...ކޮންތާކަށް ތިދަނީ...ކޮންމެ ދުވަހަކު މިގަޑީގައި އަތިރިއަށް އެރޭކަށް ނުވާނެ. މުސްކުޅިން ބުނާތީ މަންމަމެން އަހަން، ރަތްވިލާ ވަގުތު އަތިރިއަށް ފައިބާކަށް ނުވާނެޔޭ. ކޮންމެ ދުވަހަކު އިރިފުސްމެ ދަރިފުޅު ނިކުމެގެން އެބަދޭ.] ރީޙާންގެ މަންމަ ޤިސާމާ ވާހަކަ ދެއްކީ، އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ރީޙާން ބޭރަށް ދާން ހިނގައިގަތީމައެވެ.
[މަންމާ....އެއީ އިހުޒަމާނު މީހުން ދައްކާ ފުލޯކު ވާހަކަ....ކޮންމެ ރެޔަކުވެސް އަހަރެން މަންމަ ތިބުނާ ރަތްވިލާ ވަގުތު އަތިރިމަތީގައި އެބަހުންނަން. ގިނަ ރޭރޭ މިދަނީވެސް އެކަނި....އަހަރެން ބިރެއްނުގަނޭ....] ރީޙާން ނިކުމެގެން ހިނގައިގެންފިއެވެ.
ޖެހިގެން އައި ދުވަހު ރީޙާން ސްކޫލަށް ދިޔައީ ނަޝްވާއާ ކުރިމަތިލާނޭ ގޮތަކާމެދު ވަރަށް ބޮޑަށް ވިސްނާފައެވެ. އޭނާ ބޭނުންވަނީ ސްކޫލް ނިމިގެން ބަހަށް އަރަންދާ ވަގުތު ނަޝްވާއާ ކުރިމަތިލާށެވެ. ކިތަންމެ ގިނަ ކުދިން ތިއްބަސް ހެޔޮކަމަށް ވިސްނާފައެވެ.
[މިއަދު އަހަރެން މިވިސްނަނީ، ނަޝްވާއާ ބައްދަލުކުރަން.] ރީޙާން ވާހަކަ ދެއްކީ، އޭނާގެ ކްލާސްމޭޓެއް ކަމަށްވާ ފުރުޤާނާއެވެ. ސްކޫލްތެރޭ ހިނގާ ކަންތައްތަކުގައި އަބަދުވެސް އޭނާ ފުރުޤާނާ ޙިއްޞާ ކުރެއެވެ.
[ރީޙާން ދައްކަން ބޭނުންވާ ވާހަކައެއް، އަހަރެން ދައްކައިދީފާނަމޭ...އަހަރެން މިހެން މިބުނަނީ، ރީޙާނަށް ނުކެރޭނެހެން ހީވާތީ. ތިޔައީ ބޮޑު ފިނޑިއެއްވިއްޔަ.] ފުރުޤާން ދިމާކޮށްލިއެވެ.
[މައްސަލައެއްނެތޭ.....ނުކެރިއްޖެއްޔާ ފުރުޤާންގެ އެހީ ހޯދާނަން...] މިހެން ބުނެފައި، ބަސް އޮތް ދިމާއަށް ރީޙާން ހިނގައިގެންފިއެވެ. އެއީ އެހެން ރަށްރަށުގެ ކުދިންތައް ބަހަން އަރަން އެދިމާއަށް އަންނަން ފެށި ވަގުތެވެ. އެކުދިންތަކުގެ ތެރެއިން ފުރޭނިގެން ނަޝްވާ އަންނަތަން ރީޙާނަށް ފެނުމުން، ރީޙާން ހިސާބަކަށް ހުއްޓުން އެރިއެވެ. އޭނާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭނާ ބޭނުންވަނީ، ނަޝްވާއަށް ގޮވައި ނަޝްވާ ހުއްޓުވާށެވެ.
[ނަޝްވާ...ކުޑައިރުކޮޅަކަށް މަޑުކޮށްފާނަންތަ؟] ރީޙާން ވަރަށް ހިތްވަރުކޮށްފައި، ނަޝްވާއަށް ގޮވައިފިއެވެ. ނަޝްވާ ލުއި ހިނިތުންވުމަކާއެކު، ކުޑަކޮށް ހަމަޖެހިލާފައި، ގަޑި ޖެހެނީއޭ، އެހެން ފަހަރަކުންދޯއޭ ބުނެފައި ގޮސް ބަހަށް އަރައިފިއެވެ. ރީޙާން މާޔޫސްވި ކަހަލައެވެ. އޭނާ ދެއަތަކަށް ބޯހޫރާލުމަށްފަހު، އޭނާގެ ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ނަމަވެސް، ނަޝްވާ ހަދިޔާކުރި ހިނިތުންވުމުން، ރީޙާނަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ޙާޞިލްވެއްޖެ ކަހަލައެވެ.
އެދުވަހު ރީޙާން، އޭނާގެ ބެސްޓް ފްރެންޑް ހައިޝަމާ ބައްދަލުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ. ހައިޝަމް ޚިޔާލުދިނީ ފޭދޫއަށް ގޮސް، ކޮންމެވެސް ގޮތަކުން ނަޝްވާއާ ބައްދަލުކުރުމަށެވެ.
[ހިނގާ ފޭދޫއަށް ދަމާ....ރީޙާނަށް އެނގޭތަ، ތިބުނާ މަންޖެގެ ގެޔަށް ކިޔާ ނަން.] ހައިޝަމް އެއްސެވެ.
[އާނ...އެގޭގެ ނަންވެސް އެނގޭ. އެގެ ހުންނަ ހިސާބުވެސް އެނގޭ. ހައިޝަމް ތިބުނީ ރަނގަޅަށް. ހިނގާ އެރަށަށް ދަމާ...މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ހިނގައްޖެ.] ރީޙާން ބުންޏެވެ.
[ހައިޝަމް...އަހަރެންގެ ހިތަށްއަރާ، އަހަރެމެން އެގެޔަށް ދިޔައީމަ، އޭނަ ހިތްހަމަނުޖެހިދާނެޔޭ....] ރީޙާން ވިސްނާލިއެވެ.
[މައްސަލައެއްނެތޭ....ލަދަކާހުރެ ތަދެއް ނުފިލާނެ. ކަންތައްތައް ކާމިޔާބު ކުރެވޭނީވެސް ކުރިމަތިލައިގެން.] ހައިޝަމް ބުންޏެވެ. ހައިޝަމަކީ ރީޙާނާ ވަރަށް ތަފާތު ކުއްޖެކެވެ. އޭނާގެ ކިބައިގައި ކަންތައްތަކުގައި ކުރިމަތިލުމުގެ ޤާބިލުކަން އަށަގެންފައިވެއެވެ. ރީޙާނަށް ލިބިފައިވާ އެންމެބޮޑު ހިތްވަރަކީ ހައިޝަމްއެވެ.
ހުޝިޔާރު އެކުވެރިޔަކު ޚިޔާރު ކުރެވުމަކީ، ރީޙާންގެ ނަޞީބު ކަމުގައި އޭނާ ދެކެއެވެ. ރީޙާނާއި ހައިޝަމް ފޭދޫއަށް ދިޔައީ، އެރޭގެ އިރާކޮޅުގެ ވަގުތުގައެވެ. ރެޔަކީ ވިއްސާރަ މޫސުމެއްގެ ވިއްސާރަ ރެއެއް ކަމަށްވިޔަސް، ރީޙާންމެން ފޭދޫއަށް ދިޔުމަށްޓަކައި ނިކުތްއިރު، ނުވަތަ ދަތުރު ފެށިއިރު ވާރޭގެ އެއްވެސް އަސަރެއް ނެތެވެ. ވާރޭ އޮއްސައިގަތީ ރީޙާންމެނަށް ނަޝްވާގެ ގެ ކަމުގައިވާ ރީތިގަސްދޮށުގެޔާ އަރާ ހަމަވިތަނާހެނެވެ. ސައިކަލުން ފައިބައިގެން ރީޙާންމެން ވަނީ އެގޭގެ އަސްކަނިދަށަށެވެ. އިސާހިތު ވާރޭ ވަރަށް ބޯކޮށްލައިފިއެވެ. އެގެޔަކީ ކުޑަކުޑަ އަސްކަންޏެއް (ނިވަތްދަށް) ހުންނަ ގެޔަކަށްވުމުން، އެތާނގައި ތިބެ ގިނައިރުވާ ވަރަކަށް، ރީޙާންމެން ތެމި ހިކަރިވަމުން ދިޔައެވެ.
[ނުތެމި އެތެރެއަށް ވަންނަންވީނު....] ކުޑައެއް ނަގައިގެން އައިސް އެގެޔަށް ވަން މެދު ޢުމުރުގެ އަންހެނަކު ރީޙާންމެނާ ވާހަކަ ދެއްކިއެވެ. ބެލެވޭ ގޮތުގައި އެއީ ނަޝްވާގެ މަންމައެވެ. ރީޙާނާއި ހައިޝަމް ކުޑަކޮށް އެތެރެއަށް ވަނެވެ. އެޔާއެކު ފެނުނު މަންޒަރުން ރީޙާންގެ ދެލޯ ބޮޑުވިއެވެ. އެގޭ ސިޓިންގރޫމްގައި ހުރި ސޯފާގައި އެއިނީ ފުރުޤާންއެވެ. އޭނާޔާ ޖެހިގެން އެއިނީ ނަޝްވާއެވެ.
[ފުރުޤާން!؟ ކަލޭ މިގޭގައި ކީއްތިކުރަނީ؟] އެގޭތެރެއިން ފުރުޤާން ފެނުމުން، ރީޙާން ހިތްހަމަނުޖެހުނެވެ.
[މީ އަހަރެންގެ އަވަށްޓެރި ގެއެއްނު. އެހެންވެ ވަދެލީ....ރީޙާންމެން ކޮން ދަތުރެއް؟ ވިއްސާރައިގައި ޖެހުނީދޯ؟] ފުރުޤާން އެއްސެވެ.
[އަހަރެމެން ދުއްވާލަން ދަނިކޮށް، ވިއްސާރައިގައި ޖެހި މިގޭ ދޮރާށި ދޮށުގައި ތާށިވީ....ނަޝްވާ ފެނުމުގެ ނަޞީބު ލިބެންވެގެން ދޯ ނަޝްވާ.] ރީޙާން މިހެން ބުނީމާ، ނަޝްވާ ލުއި ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.
[ރީޙާން...އިށީންނަންވީނު...އަހަރެން އަންނާނަން ކޮފީ ގިރައިގެން...އޮޅިގެންވިޔަސް، ވިއްސާރައިގައި ޖެހިގެންވިޔަސް، މިގެއަށްވެސް ވަދެވިއްޖެވިއްޔާ. މިގެއިން ކޮފީ ތައްޓެއްވިޔަސް ބޮއިގެންތާ ދާންވާނީ...] ނަޝްވާ ތެދުވެގެން ބަދިގެފަރާތަށް ހިނގައިގެންފިއެވެ. ޙަޤީޤަތުގައި ބޭރުފުށަށް ނުރުހުމުގެ އަސަރު ފާޅުނުކުރިޔަސް، ނަޝްވާޔާ ވާހަކަ ދައްކަން އެގޭގައި ފުރުޤާން އިންދާ ފެނުމުން، ރީޙާން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
އެރޭ ޙަޤީޤަތުގައި ރީޙާންގެ މަސައްކަތް ނާކާމިޔާބުވީ، އެގޭގައި ފުރުޤާން އިނުމުގެ ސަބަބުންނެވެ. އެރޭ ނަޝްވާ ދިން ކޮފީ ބޮއިގެން ކޮންމެވެސްވަރަކަށް ހިތްހަމަޖެހުން ޙިއްޞާކޮށްގެން ރީޙާންމެން ރަށަށްދިޔައެވެ. އެއީ އިރިފުސްމެ ދަންފަޅީގެ ވަގުތުކަމަށްވުމުން، ހައިޝަމް ގެޔަށްލުމަށްފަހު، އެރޭވެސް ރީޙާން އެގެޔާ ދިމާ އަތިރިއަށް ފޭބިއެވެ.
އެދިމާގައި ފެތިފައި އޮތް ބޯޓްގަނޑުގެ ތެރޭގައި، ރަތް ކުލައިގެ ހެދުމެއް ލައިގެންހުރި އަންހެން ކުއްޖެއް ރީޙާނަށް ފެނުނީ ރީޙާން ވަށައިގެން ނަޒަރު ހިންގަމުންދަނިކޮށެވެ.
ޖެހެމުންދާ ވަޔާއެކު، އެ އަންހެން ކުއްޖާގެ ދިގު އިސްތަށިގަނޑުވެސް ވިހުރެމުން ދިޔައެވެ. މާބޮޑަށް އަނދިރިވުމުގެ ސަބަބުން، އެކުއްޖެއްގެ ސިފަ ވަކިކުރެވޭވަރެއް ނުވެއެވެ.
[ކާކު؟ މި ގަޑީގައި ބޯޓުގަނޑަށް އަރައިގެން ތިއުޅެނީ؟] ރީޙާން ގޮވިއެވެ. އެޔާއެކު އިވިގެންދިޔައީ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑެވެ. ދެންވެސް ރީޙާން ހީކުރީ ކުދިބަޔަކު އޭނައާ ސަމާސާ ކުރަނީ ކަމަށެވެ.
[ރީޙާނަށް ނުފެނުނަސް، ކޮންމެ ރެޔަކުވެސް އަހަރެން މިތާ އިންނަން...] މިފަހަރު އިވުނީ އަންހެން ކުއްޖެއްގެ ހިތްގައިމު އަޑެކެވެ.
[ކާކުތީ! ސަމާސާނުކޮށް ބުނެބަލަ. ހިތުން ތިޔަ އުޅެނީ އަހަރެން ބިރުގަންނަވަންދޯ؟ އަހަރެން ބިރެއްނުގަންނާނެ....] ރީޙާން ގަދަކޮށްލިއެވެ. އެޔާއެކު، ކުރިން އިވެމުންދިޔަ ހުނުމުގެ އަޑު ކެނޑިއްޖެއެވެ. ރީޙާން ވަށައިގެން ހޯދަން ފަށައިފިއެވެ. މިހާރުވެސް އެ ބޯޓްގަނޑުތެރެއިން އަންހެން ކުއްޖާ ފެންނަން އިނެވެ. އޭނާ އެނބުރިބަލައިވެސް ނުލައެވެ. ހީވަނީ ހިލައިގެ ބުދެއްހެންނެވެ. ބިރުނުގަންނަ ކަމަށް ބުނެފައި، ރީޙާން ހިނގައިގަތީ ގެޔަށް ދިޔުމަށެވެ. އޭނާ ގެޔަށް ވަދެ ކެމެރާ ހިފައިގެން އަނެއްކާވެސް ނިކުތީއެވެ. ބޯޓްގަނޑު ތެރެއިން ފެންނަން ހުރި އަންހެން ކުއްޖާގެ ފޮޓޯއެއް ނަގާލުމުގެ ބޭނުމުގައެވެ.
[ދަރިފުޅާ...ގެޔަށް ވަދެފައި ކެމެރާ ހިފައިގެން އަނެއްކާވެސް ތި ނިކުންނަނީ ކޮންތާކަށް ދާން....] ރީޙާން ނިކުމެގެން ހިނގައިގަތީމާ، އޭނާގެ މަންމަ ޤިސާމާ އެއްސެވެ.
[ވަރަށް އަވަހަށް އެބަ އަންނަން...މާ ނަލަ މަންޒަރެއް ފެނުނީމާ، ފޮޓޯއެއް ނަގަން މިދަނީ....] ރީޙާން ނިކުމެގެން ހިނގައިގެންފިއެވެ. އޭނާއަށް އެ ދިމާއަށް ދެވުނު މަންޒަރު ވަނީ ބަދަލުވެފައެވެ. މިހާރު އެ ބޯޓްތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
[ފިލީދޯ....ފިލާ އޮތް ތަނަކުން ނިކުމޭ....] ރީޙާން ވަށައިގެން އެނބުރި ހޯދަމުން ވާހަކަ ދެއްކިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ އިޝާރާތެއް ނުވިއެވެ.
ވުމާއެކު، އިރުކޮޅެއް ވަންދެން އެތަނުގައި ހުުރުމަށްފަހު، އޭނާ ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.
[ދަނީތަ؟ އަދި މަޑުކޮށްބަލަ.] މިފަހަރުވެސް އިވުނީ އަންހެން ކުއްޖާގެ އަޑެވެ. މިފަހަރު އިވުނީ ރީޙާނާ ދާދި ގާތުންނެވެ. ރީޙާނަށް ވަރަށް ބޮޑަށް ސިހުން ލިބުނެވެ.
[އާނ، ތިގޮތަށް ނުފެނި ފިލައިގެން އުޅެންޏާ އަހަރެން ދަނީ.] އޭރު މުޅި ހިސާބުގަނޑު ވަނީ ވަރަށް ބޮޑަށް އަނދިރިވެފައެވެ. ރީޙާން ހިނގައިގަތެވެ. އެވަގުތު ރީޙާންގެ ފުރަގަހުން މީހަކު ރީޙާންގެ އަތުގައި ހިފެހެއްޓިއެވެ. ރީޙާން މަޑުޖެހިލުމާއެކު އެނބުރުނެވެ. އެޔާއެކު، އޭނާގެ ދެލޯ ބޮޑުވިއެވެ. ޙައިރާންކަމާއެކު އަނގަވެސް ހުޅުވުނެވެ.
[ކާ...ކާކުތީ!؟] އޭނާގެ ކުރިމަތީގައި އެހުރީ އާދަޔާ ޚިލާފު ރީތި ސިފަތަކެއްގެ ވެރި އަންހެން ކުއްޖެކެވެ. ގައިމެވެ. އެއީ މީގެކުރިން އެރަށުން އޭނާ ދެކެފައިވާ ކުއްޖެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު