އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް
އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް
އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ފެނިގެންދާ އެންމެ ނާގާބިލު ސަރުކާރު ކަމަށް ސިފަކުރައްވާފައެވެ.

ރައީސް އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުގައި ޖަވާބުދާރީވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކުރާ މިންވަރަށް މިއަހަރުގެ ބަޔާން ފުރިހަމަނުވާ ކަމަށާއި، ގައުމުގެ ހަގީގީ ހާލަތާއި އެ ހާލަތުން އަރައިގަންނާނެ ގޮތްތަކެއް އެ ބަޔާނުން ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން ނާޒިލް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނަކީ 2025 ވަނަ އަހަރުގެ ބަޔާނުގެ "ކުލަނެތް ކޮޕީއެއް" ކަމަށް ސިފަކުރައްވައި، މީގެ ކުރިން ދައްކާފައިވާ ހުވަފެނީ ވާހަކަތަކެއް އަލުން އައު ގޮތަކަށް ތަކުރާރުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

އަދި މިދިޔަ އަހަރު ކުރާނެ ކަމަށް ވިދާޅުވި ކަންކަން ފުރިހަމަވެފައި ނުވާއިރު، މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ އައު މަޝްރޫއުތަކެއްގެ ތަފްސީލު ވެސް ބަޔާނުގައި ހިމަނާފައި ނުވާތީ ސަރުކާރުގެ ހިންގުންތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު