ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނޭ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް، އަޙްމަދު ޝިޔާމް މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަށްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ޝިޔާމަށް ވަޒީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ. މި ރަސްމިއްޔާތުގައި ޝިޔާމް ވަނީ ވަޒީރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤްރާރުގައި ސޮއިކުރަށްވާފައެވެ.
އަޙްމަދު ޝިޔާމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ.
ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލުތަކުގައި އެގްރިކަލްޗަރ މިނިސްޓްރީގެ މޭންޑޭޓް ޙަވާލު ކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީއަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ ވަނީ ވަޒީރުންގެ މަޖިލީހުގެ 12 މެންބަރަކަށް މަޤާމުގެ ފަތްކޮޅު އަރުވައި، މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާފައެވެ. މިހާރު ކެބިނެޓްގައި ވަޒީރެއް އައްޔަނު ނުކޮށް އޮތީ ޑިފެންސް މިނިސްޓްރީއެވެ.

ކިޔުންތެރިންގެ ހިޔާލު